ކުޑަކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައި އެއް ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ 20:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ގްރޫޕް މާރާމާރީތައް އިތުރުވަމުންދާއިރު ގްރޫޕް ހަދައިގެން ވަޅިން މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި އިއްޔެ ވެސް ހަތަރު ޒުވާނަކު ހައްޔަރުކުރި އެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި އުޅޭ ތިން ކުއްޖަކު ވެސް މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވި އެވެ.
އަންހެނަކާ ގުޅުން ބޭއްވި ވަޒީރަކު އިސްތިއުފާ ދެއްވަން ޖެހިއްޖެ
އާޖެންޓީނާ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި
ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް