ލުބުނާނުގެ ރައީސް ޖޯސެފް އައޫން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ވޮޝިންޓަނަށް ވަޑައިގެންފި އެވެ.
މިއީ ފާއިތުވި 20 އެއްހާ އަހަރުގެ ތެރޭގައި ލުބުނާނުގެ ރައީސަކު ވައިޓް ހައުސްއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އައޫންގެ މައިގަނޑު ބޭނުމަކީ، ލުބުނާނުގެ ދެކުނުން އިސްރާއީލް ސިފައިން ފޭބުމަށާއި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމަށް ޓްރަމްޕްގެ އަރިހުން އެދުމެވެ. މީގެ އިތުރުން އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތުން ހަތިޔާރު އަތުލުމާ ބެހޭ ގޮތުން ލިޔުމުން ތައްޔާރުކޮށްފައިވާ ހާއްސަ ހުށަހަޅުމެއް ވެސް އައޫން، ޓްރަމްޕަށް ހުށަހަޅުއްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ މެދުވެރިވުމާއެކު ޖޫން 26 ގައި ލުބުނާނާއި އިސްރާއީލާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އިސްރާއީލުން އަދިވެސް ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީ، އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް ދެކޮޅު ހަދަމުންނެވެ.
ލުބުނާނުގެ ރައީސް އައޫން ގަބޫލުކުރައްވާ ގޮތުގައި، އިސްރާއީލު އެ ސަރަހައްދުން ބޭލުމަށާއި ލުބުނާނުގެ މިނިވަންކަން އަލުން އިއާދަކުރުމަށް ބާރު ފޯރުވޭނެ ހަމައެކަނި ލީޑަރަކީ ޓްރަމްޕެވެ.
ހަތަރު ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ރައީސް އައޫން މިހާރު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ ސުލްހައިގެ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މާދަމާ ވައިޓް ހައުސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރަމްޕް އަދި އައޫންގެ މި ސަމިޓަކީ މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ބައްދަލުވުމެއް ކަމަށް ބެލެވެ އެވެ.
އާޖެންޓީނާ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި
ތިލަފުށީ ޕޯޓުގެ ކީ- ވޯލް ހެދުން ޗައިނާ ކުންފުންޏަކަށް
ވިއްސާރަ މޫސުމުގައި ހުޅުހުޅުގެ ރިހުން ބޮޑުވަނީ ކީއްވެ؟