ހަންކެޑެ މަޝްރޫއު ކުރިއަށް ނުގެންދެވި އޮތްއިރު، ފޭދޫ ކައިރީގައި އޮންނަ ސަވާހެލި ސަރުކާރުގެ ދަށަށް ނަގައިގެން އެތަން ތަރައްގީ ނުކުރެވޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ ސަވާހެލިއަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާ ތަނެއް ކަމަށާއި، ހަންކެޑެ ފަދަ ބޮޑު މަޝްރޫއެއް ހިންގަން ވެސް ސަރުކާރަށް ބަޔަކު ނުހޯދި އުޅޭއިރު، ސަވާހެލި ތަރައްގީ ކުރާނެ ފަރާތެއް ނުލިބޭނެކަން ޔަގީން ކަމަށެވެ. މޭޔަރު ސިފަކުރެއްވި ގޮތުގައި ސަވާހެލިއަކީ ގާމަތީ ކުޑަކުޑަ ފިނޮޅެއް ކަމަށާއި އެތަން ތަރައްގީ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
މި މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމަށް ތާއީދު ކުރަނީ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުން އެކަނި ކަމަށާއި، އައްޑޫގެ ތަރައްގީއަށް ލޯބިކުރާ އެއްވެސް ރައްޔިތަކު މިކަމަށް ތާއީދު ނުކުރާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މިކަމަކީ ރައީސާ މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ފޭދޫ ޓޫރިޒަމް ޒޯންގެ ތަރައްގީއަށް ސަވާހެލި ތަރައްގީކުރުމަށްޓަކައި، 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެތަން އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނި އެވެ. ނަމަވެސް، އައްޑޫ ސިޓީ ކައުންސިލުން އެތަން ތަރައްގީކުރަން ބީލަމަށް ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް، ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން އެތަން އަލުން ސަރުކާރުގެ ބެލުމުގެ ދަށަށް ވަނީ ނަގާފަ އެވެ.
މި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
މާ ގިނައިން ދަންވަރު ހޭލެވެނީ ކީއްވެ؟
"ރެއާ ބިއުޓީ" އިޒްރޭލަށް: ސެލީނާއަށް ގިނަ ބަޔަކު ފާޑު ކިޔަނީ!
"ބިޔޯން އަގެއިން" ޝޯ ނުބޭއްވޭނެކަން އަންގައިފި
