ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ދިރިއުޅެމުންގެންދާ އެންމެހާ ފަރާތްތަކަށް ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ "މާވެހި" ޕޯޓަލްއަށް ކުރިން ދިމާވި އިދާރީ ދަތިތައް ހައްލުކޮށް، ހުޅުމާލޭގެ ސޯޝަލް ހައުސިންއާއި ރިއަލް އެސްޓޭޓް ފްލެޓްތަކުގެ މައުލޫމާތު މުޅިން އަޕްޑޭޓްކޮށްފަ އެވެ. އެހެންކަމުން ހިޔާ، ވިނަރެސް އަދި ފަހި ފްލެޓްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި އުޅޭ ފަރާތްތަކުން ވެސް ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަމަށް އެދުމަށް ފަހި ޔޫނިއަންއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން އެފްޑީސީގެ 4000 ފްލެޓް ލިބުނު ފަރާތްތަކަށް ބޭނުންވާ ސިޓީ، އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.
"މާވެހި" ޕޯޓަލްއަކީ ކައުންސިލްތަކުގެ ހިދުމަތްތައް ލާމަރުކަޒީކޮށް، އޮންލައިންކޮށް ފޯރުކޮށްދިނުމަށް އެލްޖީއޭއާއި އެންސީއައިޓީ ގުޅިގެން ތަރައްގީކޮށްފައިވާ ނިޒާމެކެވެ. އީ-ފާސް މެދުވެރިކޮށް ލޮގިންވެވޭ މި ޕޯޓަލް އިފްތިތާހުކުރެއްވީ ޖުލައި 2022 ގައި އޭރުގެ މޭޔަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ކައުންސިލްތަކުގެ ހިންގުން ދެފުށް ފެންނަ ގޮތަށް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ހިދުމަތްތައް އަވަސްކޮށްދިނުމެވެ.
"ބިޔޯން އަގެއިން" ޝޯ ނުބޭއްވޭނެކަން އަންގައިފި
މާ ގިނައިން ދަންވަރު ހޭލެވެނީ ކީއްވެ؟