ރާއްޖެއިން ހިމަބިހި (މީސަލްސް) ފެނުމާ ގުޅިގެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެ ބަލި އަލުން ނައްތާނުލެވިއްޖެނަމަ، ދިވެހި ރައްޔިތުންގެ ސިއްހަތަށް ގެއްލުންވެ، ބަލި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑު ވެސް ގެއްލިދާނެ ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
"މާތް ﷲގެ ވާގިފުޅާއެކު އެތައް އަހަރަކު ދިވެހިން ކުރި ބުރަ މަސައްކަތުން، ރާއްޖޭގައި 2017ގައި ނައްތާލެވުނު ހިމަބިހި، ރާއްޖެއަށް އެތެރެވެ، މިގޮތަށް ފެތުރުނަ ނުދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ" ޑރ. ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ބަލި ފެނުނުތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ރާއްޖެއަކީ ހިމަބިހި ފެތުރޭ ގައުމެއްގެ ގޮތުގައި އަލުން ކަނޑައެޅި، ލިބިފައިވާ އެވޯޑް ގެއްލިދާނެ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް އަލަށް 20 މީހަކަށް ވަނީ މި ބަލި ޖެހިފަ އެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 186 އަށް އަރާފަ އެވެ.
މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށްޓަކައި، ހިމަބިހި ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ވަކިން ހާއްސަކޮށް، ވެކްސިން ފުރިހަމަކުރުމާއި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތައް އަވަހަށް ރިޕޯޓުކުރުމަކީ މި ދަނޑިވަޅުގައި ކޮންމެހެން މުހިންމު ކަމެކެވެ.
"ޝޯ ކެންސަލް ކުރުމުން މާލީ ގޮތުން ގެއްލުން ލިބުނު"
ޖެން ޒީގެ ޒުވާނުންނަށް ކަންގަނާގެ ހޫނު ބަހުގެ ހަމަލާތަކެއް!