ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަދި އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ އެކުވެރިންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް އަދި އެކްޓްރެސް ބްލޭކް ލައިވްލީ ހިމެނެ އެވެ.
2015 ވަނަ އަހަރުން ފެށިގެން އުފެދުނު މި ބަދަހި ގުޅުމަކީ މިއުޒިކާއި، ފިލްމީ ދާއިރާގެ އިތުރުން އާއިލީ ބަދަހިކަމުގެ މައްޗަށް ބިނާވެފައިވާ ވަފާތެރި އެކުވެރިކަމެކެވެ.
މި ދެތަރިންގެ ގުޅުން ފެށިގެންދިޔައީ ސޯޝަލް މީޑިއާގައި ބްލޭކް ކުރި ސަމާސާ ޕޯސްޓަކުންނެވެ. އެއަށްފަހު އޮސްޓްރޭލިއާގައި ޓޭލާގެ "1989" ވޯލްޑް ޓުއާ ކުރިއަށްދިޔަ ދުވަސްވަރު، ކްއީންސްލޭންޑްގެ ތީމް ޕާކެއްގައި ދެތަރިން އެކުގައި ވަގުތު ހޭދަކޮށް ނަގާފައިވާ ފޮޓޯތަކާއެކު އާންމުންނަށް މި ގާތްކަން ފެނިގެންދިޔަ އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ބްލޭކް އާއި އޭނާގެ ފިރިމީހާ ރަޔަން ރެނޯލްޑްސް ބައިވެރިވި ޓޭލާގެ ޕާޓީތަކާއެކު މުޅި އާއިލާގެ ގުޅުން ބަދަހިވި އެވެ. ޓޭލާ ވަނީ ބްލޭކްގެ ދަރިންގެ "ގޯޑްމަދާ"ގެ މަގާމުވެސް ހޯދާފަ އެވެ.
2017 ވަނަ އަހަރު ނެރުނު ޓޭލާގެ "ރެޕިއުޓޭޝަން" އެލްބަމްގެ "ގޯޖަސް ލަވައިގެ ފެށުމުގައި ބޭނުން ކޮށްފައިވަނީ ބްލޭކްގެ ދޮށީ ދަރިފުޅު ޖޭމްސްގެ އަޑެވެ.
މީގެ އިތުރުން 2020 ވަނަ އަހަރުގެ "ފޯކްލޯރް" އެލްބަމްގެ "ބެޓީ" ލަވައިގައި ޓޭލާ ވަނީ ބްލޭކް އާއި ރަޔަންގެ ތިން ދަރިން ކަމަށްވާ ޖޭމްސް، އިނޭޒް އަދި ބެޓީގެ ނަން ހިމަނާފަ އެވެ.
ދެތަރިންގެ އެކުވެރިކަން މަސައްކަތުގެ ދާއިރާއަށް ފުޅާވެގެންދިޔައީ 2021 ވަނަ އަހަރު އެވެ. ޓޭލާގެ "އައި ބެޓް ޔޫ ތިންކް އަބައުޓް މީ" މިއުޒިކް ވިޑިއޯ ޑައިރެކްޓް ކޮށްދިނީ ބްލޭކް އެވެ.
މިއީ ބްލޭކްގެ ޑައިރެކްޝަންގެ ފެށުމެވެ. މީގެ އިތުރުން ޓޭލާގެ "އޯލް ޓޫ ވެލް"ގެ ޕްރިމިއާގެ އިތުރުން "އީރާސް ޓުއާ" ކޮންސަޓް ތަކުންވެސް ބްލޭކް އާއި އޭނާގެ އާއިލާ ފެނިގެންދިޔަ އެވެ.
ދާދި ފަހުން އެ ދެތަރިންގެ މެދުގައި މައްސަލަތަކެއް އުޅޭ ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ދެތަރިންގެ ފަރާތުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
މި ދެތަރިންގެ 10 އަހަރުވީ ގުޅުމަކީ ހޮލީވުޑްގައި އަންހެން ތަރިންގެ މެދުގައި އޮންނަ އެންމެ ވަފާތެރި އަދި ނަމޫނާ އެކުވެރިކަމުގެ ގޮތުގައި ގިނަ ފޭނުން ސިފަކުރާ ގުޅުމެކެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބުކުރުން ފަސްކޮށްފި
ސަރުކާރުން ބަލި ގަބޫލުކޮށްފި: ނަޝީދު
މިއީ އީރާނަށް ލިބޭނެ ފަހު ފުރުސަތު: ޓްރަމްޕް