ބީއެމްއެލްގެ ކުރިއަށް އޮތް ހަފްތާގައި މަސައްކަތްކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރި އިއުލާނާ އެއްގޮތްވާ ގޮތުގެމަތިން ހިދުމަތް ދިނުމަށްޓަކައި ބޭންކްގެ ބްރާންޗުތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމަ، އަންގާރަ، އަދި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން މެންދުރު 12:30 އަށް ކަމަށެވެ. މި ހަފްތާގައި ބޭންކްގެ އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕެރޯލް ތަފްސީލް ހިދުމަތް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާކުރުން ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނިގޮތުގައި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެ ދުވަހު ޕްރޮސެސްކުރެވޭނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ. އަދި ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް ހެނދުނު 9:30 ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ކްލިއަރިން ޗެކެއް ނަމަ އެ ދުވަހު ޕްރޮސެސްވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މެންދުރު 12:00 ގެ ކުރިން ޖަމާކުރާ ބީއެމްއެލް ޗެކެއް ނަމަ އެ ދުވަހު ޕްރޮސެސް ވާނެ އެވެ. އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން ހެނދުނު 11:00 ގެ ކުރިން ލިބޭ އޭސީއެޗް/ އެމްއާރުޓީޖީއެސް) ޓްރާންސްފާތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ އިތުރުން ލޯކަލް ބޭންކް ޓްރާންސްފާ ބޭންކު ހުޅުވާފައި ހުންނަ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހު ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ގޮތުގައި މާލެގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަން ޖެހޭނެ އެވެ. އަދި ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އަށް އޮންލައިން ޓޯކަން ހިދުމަތް ދެމުންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެޕޮއިންޓްމަންޓަށް ދެމުންދާނެ ހިދުމަތްތައް އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެ ޕޮއިންޓްމަންޓަށެވެ. އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.