އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން މިނިސްޓްރީ އޮފް ފިނޭންސުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ މިއަދު ހަވާލުކޮށްފިއެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް އަމީރެވެ. އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެމްބިއުލާންސްތައް ގެނެއުމާއެކު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދިމާވެފައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް ބޭނުންވާ މުހިންމު ހިދުމަތަކަށް ވީއިރު ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެފައި ހުރުމުގެ ސަބަބުން ގިނަ ދަތިތަކަކާ އެރަށްރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އެމްބިއުލާންސްތައް ގެނެވުމާއެކު ދިމާވަ ކުއްލި ހާދިސާތަކާއި އިމަޖެންސީތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
އެސް.ޓީ.އޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައި ވަނީ 180 ދުވަހުގެ މުއްދަތެކެވެ.
ރައީސް އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލަން: އެމްޑީޕީ
"ދުރަންދަރް" މިމަހު 30ގައި ނެޓްފްލިކްސްއަށް އަންނަނީ!
އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކުން އެމެރިކާއިން ޓެރިފް ނަގަނީ

މިއަހަރު ނިމެންވާއިރަށް ތި ލިބޭވަރު ވާނެބާ؟
ޑްރެސް ކޯޑް ވަރަށާސަޅި