މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އައު ސޯލޯ ލަވައެއް ރިލީޒް ކުރަން ނިންމައިފި އެވެ.
ހަތަރު އަހަރަށްފަހު އެޑް ޝިރަން އަމިއްލަ ސޯލޯ ލަވައެއް ނެރުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހު އެވެ.
ގްރެމީ އެވޯޑްގެ މިލްކުވެރި ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އެންމެ ފަހުގެ އަލްބަމް ރިލީޒް ކޮށްފައި ވަނީ 2019 ވަނަ އަހަރު ތެރޭގައި އެވެ.
މިފަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ލަވައިގެ ނަމަކީ "ބޭޑް ހެބިޓްސް" އެވެ. އެޑް ޝީރީން ވަނީ މި ލަވައިގެ ނަމުގެ ޒަރީއާއިން އޭނާގެ ސަޕޯޓަރުންނަށް އެ ލަވައަކީ ކޮންކަހަލަ ލަވައެއް ކަން ކޮންމެ ވެސް ވަރަަކަށް އަންގައިދީފަ އެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި މި ލަވައަކީ 2017 ވަނަ އަހަރު ނެރުނު "ހެޕިއާ" ލަވައަށް ފަހު ރިލީޒްކުރާ އެޑް ޝީރަންގެ ފުރަތަމަ ލަވަ އެވެ.
ފާއިތުވެދިޔަ ދިޔަ އަހަރުތަކުގައި އެޑް ޝީރަން ސޯޝަލް މީޑިއާގައި އެހާ ބޮޑަށް ހަރަކާތްތެރިވެފައެއް ނުވެ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ވަރަށް ސިއްރު ގޮތެއްގައި އޭނާގެ ލޯބިވެރިޔާ ޗެރީ ސީއަބޯންއާ ކައިވެނި ކޮށްފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު މި ދެމަފިރިން ވަނީ އެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ.