ތެހެރާން (21 ޖޫން) - ދުނިޔޭގެ ބާރުތަކާއެކު ނިއުކްލިއާ ޕްރޮގްރާމްގެ މަޝަވަރާތައް ކުރިއަށް ގެންދާނެ ކަމަށް އީރާނުގެ އިންތިހާބީ ރައީސް އިބްރާހިމް ރައިސީ ވިދާޅު ވެއްޖެ އެވެ.

އިންތިޚާބު ކާމިޔާބުކުރުމަށްފަހު ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައިސީ ވިދާޅުވީ އެ މަނިކުފާނު އެންމެ އިސްކަން ދޭނެ ޚާރިޖީ ސިޔާސަތަކީ ގަލްފު އަވަށްޓެރިންނާއެކު އޮތް ގުޅުން ބަދަހިކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި ރައިސީ ވަނީ ޔަމަނުގެ ދާހިލީ ކަންކަމުގައި ބައިވެރިނުވުމަށް އެ ސައުދީ އަރަބިޔާއަށް ގޮވާލައްވާފަ އެވެ. މިއާއެކު އެ ވަނީ އެމެރިކާއަށް ވެސް އެ ގައުމުގެ ނިއުކުލިއާ ޕްރޮގްރާމްގައި ބައިވެރިވުމަށް އަލުން ދައުވަތު ދީފަ އެވެ.

ރައިސީ އިތުރަށް ވިދާޅުވެފައި ވަނީ އީރާނުގެ ޚާރިޖީ ސިޔާސަތުތަކަކީ ނިއުކްލިއާ ޕްރޮގުރާމްތަކަށް އެކަނި ބިނާވެފައި އޮންނާނެ ސިޔާސަތެއް ނޫންކަމަށާއި އެ ސަޔާސަތުތަކަކީ އެއަށްވުރެ ފުޅާ ސަޔާސަތުތަކެއް ކަމަށެވެ.

އުމުރުން 60 އަހަރުގެ ރައީސީ އޮގަސްޓް މަހުގެ ހަވަނަ ދުވަހު އީރާނުގެ ވެރިކަމާ ހަވާލުވާން ތައްޔާރުވެފައިވާއިރު، ރައިސީ އަކީ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކެއްގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ބޭފުޅެކެވެ.

ރައީސީ ވަނީ އެމެރިކާއިން އޭނާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދިން ކަމުގައިވިޔަސް އެ ގައުމުގެ ރައީސް ޖޯ ބައިޑަން އާ ބައްދަލު ކުރެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. -- ރޮއިޓާސް