ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ކުރިއަށް އޮތް ފިލްމު "ބޫތު ޕޮލިސް" ޑިޒްނީ ޕްލަސްގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.
ހެއްވާ، މަޖާ އަދި ބިރުވެރި މި ފިލުމުގައި ސައިފް ޢަލީ ޚާންގެ އިތުރުން ފެނިގެންދާނީ އަރުޖުން ކަޕޫރާއި ޖެކުލިން ފެނާންޑަޒްއާއި ޔައްމި ގޯތަމް އެވެ.
ގޯސްޓް ހަންޓައެއްގެ ރޯލުން ސައިފް ފެނިގެންދާ މިފިލްމުގެ އޭނާގެ ކެރެކްޓާގެ ޕޯސްޓަރެއް ވަނީ ސައިފްގެ އަންހެނުން ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން އޭނާގެ ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ.
ސައިފްގެ އަންހެނުން ކަރީނާ ކަޕޫރު ޚާން ޝެއަކޮށްފައިވާ މި ޕޯސްޓުގައި ސައިފް ހަތިޔާރު ޒާތުގެ އެެއްޗެއް ހިފައިގެން ހުރިއިރު، އޭގައި ރަންތަކެއް އޮޅާކާފައިވާ ތަން ފެނެއެވެ. އޭނާގެ ފަހަތުން އިންސާނުންގެ ކަށިތަކެއް ވެސް ފެނިގެންދެެ އެވެ.
ބޫތު ޕޮލިސް ފިލްމު އުފެއްދުމަށް 2019 ވަނަ އަހަރު އިއުލާން ކޮށްފައިވަނީ ސައިފް އާއި އަލީ ފަޒަލް އާ ފާތިމާ ސަނާ ސެއިކްއާއެކު އެވެ. ނަމަވެސް ކާސްޓް ވަނީ ފަހުން ބަދަލުވެފަ އެވެ.
ކަރީނާ އާއި ސައިފް ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ދެވަނަ ދަރިފުޅަށް މަރުޙަބާ ކިޔައިފަ އެވެ.