އެކްޓަރުން އެ މީހުން ކުޅޭ ރޯލްތަކަށް ފިޓްވުމަށް ވަރަށް ގިނަ ގުރުބާނީތަކެއް ގިނަފަހަރަށްވެ އެވެ. އެކި ކަހަލަ ޑައެޓްކޮށް، އެތައް ގިނަ ކިލޯއެއް ބަރުވުމަކީ އެކްޓަރުން އެމީހުންގެ ރޯލަށް ކޮށްފައިވާ ކަމެކެވެ. ބެލުންތެރިންނާއި ކްރިޓިކްސްގެ ވެސް ބޮޑު ތައުރީފްއަކާ ލޯބި ތަރިންނަށް ލިބެ އެވެ. މި ލިޔުމުގައި ބަލައިލާނީ ފިލްމުތަކަށް ބަރުދަން އިތުރުކުރި ތަރިންގެ ވާހަކައަކަށެވެ.

ހިލަރޫ ސުވެންކް

ހިލަރީ ސުވެންކް މިލިއަން ޑޮލަރ ބޭބީގައި

މި ގޮތުން ބަރުދަން އިތުރުކުރި ބައެއް ތަރިންގެ ތެރޭގައި ހިލަރީ ސުވެންކް ވަނީ "މިލިއަން ޑޮލާ ބޭބީ" އަށް 19 ޕައުންޑް ބަރުވެފަ އެވެ. ހިލަރީ ވަނީ 90 ދުވަސްވަންދެން ކޮންމެ ދުވަހަކު 210 ގްރާމްގެ ޕުރޮޓީން ލިބޭ ކާނާ ކައިފަ އެވެ. މޫވީވެބްއަށް ދިން އިންޓަވިއުއެއްގައި ހިލަރީ ބުނިގޮތުގައި ޕުރޮޑިއުސަރުން އޭނާ ކައިރި 10 ޕައުންޑް ބަރުވާން ބުނި ނަމަވެސް އޭނާ ވަނީ 19 ޕައުންޑް ބަރުވެފަ އެވެ.

ކޮންމެ ދުވަހަކު ދެގަޑި އިރާއި ބައިގެ ބޮކްސިން އާއި އެއްގަޑި އިރާ ބައި ނުވަތަ ދެ ގަޑިއިރުގެ ބަރުދަން ހަފްތާއަކު ހަ ދުވަހު އުފުއްލި ކަމަށް ވެސް ހިލަރީ ބުންޏެވެ.

ރިއާން ރޮނޯލްޑް

ރިއާން ރޭނޯލްޑްސް ބުލޭޑް ޓުރިނިޓީގައި

ރިއާން ރޭނޯލްޑްގެ ޓްރެއިނާ ބޮބީ ސްޓޯމް ވެބްއެމްޑީގައި ބުނެފައިވަނީ އެކްޓަރު 25 ޕައުންޑް "ބްލޭޑް ޓްރިނިޓީ" އަށް ބަރުވި ކަމަށާއި "ގްރީން ލެންޓާން"ގައި ވެސް ފެނިގެންދިޔައީ ހަމަ އެގޮތުގައި ކަމަށެވެ. ހަމަސް ނުވަތަ ހަތްމަސް ވަންދެން ކޮންމެ ދުވަހަކު 90 މިނެޓް އެކްޓަރު ވަނީ ވޯކް އައުޓް ކޮށްފަ އެވެ. ރޮމެންޓިކް ކޮމެޑީއަކަށް ރިޔާން ވަނީ ބަރުދަން ކުޑަކޮށް ލުއިކޮށްލާފަ އެވެ.

މެޓް ޑެމޮން

މެޓް ޑެމޮން ދި އިންފޯރްމެންޓް

މެޓް ޑެމޮން ވަނީ ވައިސް ޕްރެސިޑެންޓްއަކުން ސީއައިއޭގެ އިންފޯރްމެންޓްއަކަށް ބަދަލުވުމަށްޓަކާ 30 ޕައުންޑް ވަނީ ބަރުވެފަ އެވެ. ޑެމޮންއަށް މިކަންވީ ވަރަށް ވެސް މަޖާ ކަމަކަށެވެ. ފަލަވި ކަމުގައިވިޔަސް މޮޔައެއްހެން ކާން ފެށި ކަމަށާއި ޑާކް ބިއަރު ބޮއި ކަމަށް ޑެމޮން ވަނީ ކިޔާދީފަ އެވެ. ބްރޭކް ގަޑިތަކުގައި ސެޓުގައި އިދެގެން ނަންބަރު 1 ވެލިޔު މީލް މެކްޑޮނަލްޑްއިން ގެނެސްގެން ވެސް އޭގެ މައްޗައް ޑޮރިޓޯސް އަޅައިގެން ވެސް އެކްޓަރު ވަނީ ކައިފަ އެވެ.

އާމިރު ޚާން

ޑަންގަލްގައި އާމިރް ޚާން

އާމިރް ޚާންކުރާ މަސައްކަތަކީ އަބަދުވެސް މީހުން ހައިރާން ކޮށްލާ މަސައްކަތްތަކެކެވެ. ސީރިއަލް ބޮޑީ ޓްރާންސްފޯމަގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ އާމިރް ޚާންއަކީ ގިނަ ރޯލްތަކުން ވަރަށް ވެސް ފިޓްކޮށް ފެންނަ އެކްޓަރެކެވެ. ފިލްމު ޑަންގަލްއަށް އާމިރް ވަނީ 68 ކިލޯއިން 95 ކިލޯއަށް ބަރުވެފަ އެވެ. މި ފިލްމުގެ ރޯލްގައި އާމިރް ކުޅެފައި ވަނީ މުސްކުޅި އަންފިޓް މީހެއްގެ ބަ އެވެ.

ޕުރަތީކް ގާންދީ

ޕުރަތީކް ގާންދީ

ސްކޭމް-1992 ގެ ރޯލަށް ފަލަވުމުގެ ސަބަބުން ޕުރަތީކްއަށް ވަނީ ނޭވާގެ ނިޒާމަށް ދަތިތަކެއް ދިމާވެ، ބައެއް ކަހަލަ އުދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. ޕްރަތީކް ވަނީ ހަރްސަދް މެހެތާގެ ރޯލައް 18 ކިލޯ ބަރު ކޮށްފަ އެވެ.