އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއްގައި ށ. ޅައިމަގުން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖާ ރަހީނުކުރި މައްސަލާގައި ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރީ ވެސް ޅައިމަގުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ތިން މީހުންގެ ބަންދަތު ޖަހާފައިވަނީ އިއްޔެ ށ. ފީވަކުގެ މެޖިސްޓްރޭޓް ކޯޓުންނެވެ.

ޅައިމަގުގައި ރަހީނުކޮށްފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އޭނާ ރަހީނުކޮށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށްވެ އެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގަ އެވެ.

ރަހީނުކޮށް އަނިޔާކޮށްފައިވާ ކުއްޖާއަށް ޖެންޑާއިން ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.