އެވޮކާޑޯއަކީ އެހެެން މޭވާތަކާއި ތަފާތު މޭވާ އެކެވެ. އެހެން މޭވާތަކުގައި ކާބޮތައިޑްރޭޓްސް ގިނަ އަދަދަކަށް ހިމެނުނު ނަމަވެސް އެވޮކާޑޯގައި ގިނައިން ހިމެނެނާ ފެޓްސް އެވެ. މިއީ ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާ ކުރާ މޭވާ އެކެވެ.
ހަޖަމުކުރުން ރަނގަޅު ކޮށްދޭ
އެވޮކާޑޯގައި ހިމެނޭ ފައިބާގެ ސަބަބުން ހަޖަމުގެ ނިޒާމަށް ކުރިމަތިވާ މެއްސަލަތައް ހައްލު ކުރުމަށް އެެހީވެދެ އެވެ. އެގޮތުން ބަނޑު ހިކުމާއި ބަނޑު ދިޔާވުމުން ދުރުކޮށްދެ އެވެ.
ކެންސަރު ޖެހުމުން ދުރު ކޮށްދޭ
އެވޮކާޑޯގައި ކެންސަރު ޖެހުން ދުރުކޮށްދޭ މާއްދާތަކެއް އެކުލެވޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެއާއެކު ކެންސަރު ޖެހިފައިވާ މީހުންގެ ފަރުވާއެއް ކަމަށްވާ ކީމޮތެރަޕީގެ ސައިޑް އިފެކްޓްސް ކުޑަ ކުރުމަށް ވެސް އެވޮކާޑޯ އެހީވެދެ އެވެ.
ޖިންސީ މައްސަލަތައް ދުރުކޮށްދޭ
އަންހެނުންނަށާއި ފިރިހެނުންނަޓް ކުރިމަތިވާ އެކި ކަހަލަ ޖިންސީ މައްސަލަތަކުން ދުރުކޮށްދީ ދެމަފރި ކަމުގެ ގުޅުން ހިންގުމުގައި ކުރިމަތިވާ އުނދަގޫތައް ކުޑަ ކުރުމަށް އެވޮކާޑޯ އެހީވެދޭ ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
2.3 މިލިއަނަށް ވިއްކާ ފްލެޓްތަކެއް ހުޅުމާލޭގައި އަޅަނީ
ޔަހޫދީންނަށް ހިދުމަތް ކުރުމުގެ އެންމެ ޝަރަފުވެރި މެޑެލް މޯދީއަށް