ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވާލާ، އެބޯޑަށް މެމްބަރުން އައްޔަން ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތައުލީމުގެ ގާނޫނުގެ ދަށުން މުދައްރިސުން ރެޖިސްޓާ ކުރުމާގުޅޭ އެންމެހާ ކަންކަން ކުރުމަށްޓަކައި މިނިސްޓްރީން އުފެއްދުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ "ޓީޗާސް ރެޖިސްޓްރޭޝަން ބޯޑު" އެކުލަވާލައި މެމްބަރުން އައްޔަން ކޮށްފައިވާ ކަމަށެވެ.
ޓީޗަރުން ރަޖިސްޓްރޭޝަން ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާ އެވެ.
ބޯޑަށް އައްޔަނުކުރެއްވި ބޭފުޅުން
- ރަޖިސްޓްރާ: އައިޝަތު އާތިޔާ ނަސީރު (އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު)
- އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް (އެޑިޔުކޭޝަން އޮފިސަރު)
- ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު (އެޑިޔުކޭޝަން އޮފިސަރު)
- ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު (އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު)
- ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ އަލީ (އެޑިޔުކޭޝަން އޮފިސަރު)
އާ ގާނޫނުގެ ދަށުން ރާއްޖޭގެ ޓީޗަރުން ރަޖިސްޓަރީކޮށް ޓީޗަރުންނަށް ލައިސަންސްދި ނުމުގެ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލާނީ އެ ބޯޑުންނެވެ.
ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި މިހާރު ހިދުމަތުގައި ތިބި ޓީޗަރުން ބޯޑުގައި ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.
އެޑުއިކޭޝަން މިންޓުރީން މިހާރު ހިންގަނީ އިސްލާމް ފޯބިއާރ ހަރަކާތް ފާޅުގައި މެޝިނަރީތަކުން ފަންޑު ހޯދައިގެން !
ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފިއޭ އެހެންތޭ އެޑިއު މިނިސްޓަރޭ ޔުނެސްކޯ މީހުން ލާދީނީ އެޖެންޑާ ކުރިއަށް ނެރެގެން އެމެން އެގޮވަނީ އެއީ ކޮން ކޮން ކޮން ކަނޑުކޮހެއްތޭ އެޑިއު މިނިސްޓަރަކީ އެއީ މިހާރު ފެއިލްޑް ފެއިލްޑް ފެއިލްޑް ބޮޑު ފެއިލިއަރ އެކޭ ތަމެން ތަމެން ތަމެން ހެދި ޕީއެޗްޑީ އަށް މާރކްސް ދިން ގޮތް މަމެން އިވޭލުއޭޓް ކުރަން ބޭނުންވެއޭ ޖަސްޓް ޝޯ އިޓް ޓު އަސް ތަމެން ތަމެން އެޑިއު މިނިސްޓަރު މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ ލާރޖް ކޮށް އިސްތިއުފާ އިސްތިއުފާ ހޯއްހޯއް