އިންޑިއާގެ އެންމެ މަޝްހޫރު ކޮމެޑީ ޝޯ "ދި ކަޕިލް ޝަރުމާ ޝޯ" އާ ދެކޮޅަށް މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.

ދިގު މުއްދަތަކައް މެދުކެނޑި އޮތުމައްފަހު އެންމެ މަގުބޫލު ކޮމެޑީ ސޯ ދި ކަޕިލް ޝަރުމާ ޝޯގެ އާ ސީޒަން ދައްކަން ފަށާފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް މަހެއް ފަހުން ކޮމެޑީ ޝޯ މިވަނީ ގަނޫނީ ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ އެވެ.

އިންޑިއަން އެކްސް ޕްރެސްގެ ރިޕޯޓެއްގައިވާ ގޮތުގައި "ދި ކަޕިލް ޝަރުމާ ޝޯ" މޭކާސް އާ ދެކޮޅައް އެފްއައިއާރް އެއް މަދްޔަ ޕުރަދޭޝް ގެ ސިވްޕުރީ ޑިސްޓުރިކްޓް ކޯޓްގައިވަނީ ރިޕޯޓް ކޮއްފަ އެވެ. މި މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ދައްކާ މިއަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރިޕީޓް ޓެލެކާސްޓް ކޮށްފައިވާ އެޕިސޯޑެއްގެ ސަބަބުންނެވެ.

ރިޕޯޓުގައި ބުނާގޮތުގައި މި މައްސަލަ ޖައްސާފައި ވަނީ ވަކީލެއް ކަމަށްވާ ސުރޭޝް ދާކަޑް އެވެ. މައްސަލަ ހުށަހަޅާފައިވާ އެފިސޯޑުގައި ފެނިފައި ވަނީ ޝޯގެ އެކްޓަރެއް ކޯޓުގައި ރާ ބޮއެއްގެން ޕާފޯމްކުރާ މަންޒަރެކެވެ.

މައްސަލަ ހުށަހަޅާފައިވާ އެޕިސޯޑުގެ މަންޒަރެއް

ދާކަޑް ވަނީ "ޓީކޭއެސްއެސް" ގެ ޓީމުން ކޯޓުގެ ކަރާމާތް ކަޑާލިކަމުގެ ތުހުމަތު ކޮށްފަ އެވެ.

ދާކަޑް ތުހުމަތު ކުރިގޮތަށް މައްސަލަ ވަނީ ޝޯގެ އެންކަރު ކަޕިލް ޝަރުމާ އަދި ސޮނީ ޓީވީގެ ޑައިރެކްޓަރު އެމްޕީ ސިންގްއަށް އައިޓީ އެކްޓް އެންޑް އެކްސައިޒްގެ އެކްޓްގެ ދަށުން ރަޖިސްޓްރީ ކޮށްފަ އެވެ. މި މައްސަލައިގެ އަޑު އެހުން އޮކްޓޯބަރ 1 ގައި ފަށާނެ އެވެ. މިކަމުގައި ކަޕިލް ޝަރުމާގެ ބަހެއް އަދި ލިބިފައެއްނުވެ އެވެ.

ކަޕިލް ޝަރުމާ ހުށަހަޅާދޭ މި ޝޯގައި ބާރްތީ ސިންގް؛ އަރްޗަނާ ޕޫރަން ސިންގް؛ ކުރުޝްނާ އަބީޝެކް؛ ސުދޭޝް ލެހްރީ؛ ކިކޫ ސާރްދާ އަދި ސުމޯނާ ޗަކްރަވަރްތީވެސް ފެނިގެން ދެއެވެ.