ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަޔުޝްމާން ކުރާނާގެ އެކްޝަން ތުރީލާ "އަނީކް" އަންނަ އަހަރުގެ މާޗް 31 ގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ބުޝަން ކުމާރްގެ ޓީ-ސީރީޒާއި އަނުބަވް ސިންހާގެ ބެނާރަސް މީޑިއާވާކްސްއިން ގުޅިގެން އުފައްދާ ފިލްމު "އަނީކް" އާ ބެހޭ މާގިނަ މައުލޫމާތުތަކެއް އަދި މީޑިއާއަށް ހިއްސާ ކޮށްފައިނުވެ އެވެ.

އަދި މިއީ އަޔުޝްމާންގެ ފުރަތަމަ އެކްޝަން ތުރިލާ އެވެ.

https://www.instagram.com/p/CVUYREdo3bp/

"ތުމް ބިން"، "މުލްކް"، "އާޓިކަލް 15" އަދި "ތައްޕަޅު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނުބަވް ސިންހާ ލިޔެ، ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާއަކީ އަޔުޝްމާން އާއެކު އޭނާ ހަދާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2019 ގެ ކްރައިމް ޑްރާމާ "އާޓިކަލް 15" އެވެ.

އަޔުޝްމާންގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ ޑިސެމްބަރު 10 ގައި ރިލީޒްކުރާ "ޗަންޑީގަޅް ކަރޭ އާޝިޤީ" އެވެ. އޭގެ އިތުރުން ރަކުލް ޕްރީތު ސިންގްއާއެކު ފެނިގެންދާ ސޯޝަލް ޑްރާމާ "ޑޮކްޓަރު ޖީ" އާއި މިހާރު ޝޫޓިން ކުރިއަށްދާ "އެކްޝަން ހީރޯ" އަކީވެސް އަޔުޝްމާންގެ ކުރިއަށް ހުރި ފިލްމުތަކެވެ.