ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދުނިޔޭގައި މީހުން މަރުވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އަހަރަކު 8 މިލިއަން މީހުން މަރުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

އެންމެ ފަހުގެ ދިރާސާތައް ދައްކާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮސުވެފައި ބަލި ޖެހިއްޖެނަމަ ދިމާވާ އުދަނގޫތައް ވެސްމާބޮޑެވެ.

އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ބުނާގޮތުގައި ހެދިފައިވާ ކޮރޯނާ ވައިރަސްތަކުގެ ދިރާސާތަކުން ތަކުން ދައްކާ ގޮތުގައި މީގެ ކުރިން ފެތުރުނު ކޮރޯނާގެ ވައިރަސްގެ އެކި ބާވަތްތައް ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ޖެހުމުން ބަލި މާ ބޮޑުވެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތައްވެސް ހަލާކުކޮށްލާ ކަމެކެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ބެކްޓީރިއަލް ނިއުމޯނިޔާ ޓިއުބަކްލޯސިސް ޖެހުމުގެ ފުުރުސަތު ވެސް ބޮޑެވެ. އެއާއެކު ދުންފަތުގެ އިސްތުމާލު ކުރާ މީހަކަށް އިންފުލުއެންޒާ ޖެހުމުގެ ފުރުސަތު ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށް ވުރެ ދެ ގުނަ ބޮޑެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ވައިރަހަށް ހުށައެޅޭ އަނެއް ގޮތަކީ ރަނގަޅަށް އަތް ސާފުނުކޮށް ސިގިރޭޓް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ އެހެނިހެން ތަކެތި މިސާލަކަށް ގުޑުގުޑާ، ވޭޕް ފަދަ ތަކެތި އަނގައަށް ލާއިރު އަތުގައި ކޮވިޑް ޖަރާސީމް ހުރެ އެގޮތުން ޖަރާސީމު ހަށިގަނޑަށް ވަނުމެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ، ކޮވިޑް-19 ޖެހުމާއި ގުޅޭގޮތުން މިހާތަނަށް ހެދުނު އެންމެ ބޮޑު ސާރވޭން ދައްކާ ގޮތުގައި ސިިނގިރޭޓް ބޯ މީހެއްނަމަ ބޮޑެތި އަލާމާތްތައް ފެނުން 1.4 ގުނަ އިތުރު އިރު އައިސީޔޫގައި އެޑްމިޓް ކުރަން ޖެހުމުގެ ފުރުސަތު 2.4 ގުނަ އިތުރުވެ . އަދި ވެންޓިލޭޓަރަށް ލާންޖެހުން އަދި މަރުވާ ނިސްބަތް ސިގިރޭޓް ނުބޯ މީހުންނާއި އަޅާބަލާއިރު 2.4 ގުނަ އިތުރުވެ އެވެ.

މި ހުރިހާ ސަބަބުތަކަށްޓަކައި ޑަބްލިއުއެޗްއޯއިން ވަނީ ދުންފަތުގެ އިސްތުމާލު ކުރުން ހުއްޓާލުމަށް އިލްތިމާސް ކޮށްފަ އެވެ.