ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ފިރިހެން ދަރިފުޅު އަހާން ޝެޓީގެ ފުރަތަމަ ފިލްމު "ތަޅަޕް" ރިލީޒް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ސާޖިދު ނަޑިއަދުވާލާ ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓް ކޮށްފައިވާ ފިލްމު "ތަޅަޕް" ރިލީކުރިތާ ދެ ދުވަސް ތެރޭގައި ވަނީ އަށް ކްރޯޑް ރުޕީސް ލިބިފަ އެވެ.

ފުރަތަމަ ފިލްމް ސިނަމާތަކުގައި ދައްކަން ފެށި ދުވަހު އެކަނި ވެސް ހަތަރު ކްރޯޑު ލިބުނުއިރު، ހޮނިހިރު ދުވަހާއި ހަމައަށް 8 ކްރޯޑް ވަނީ ލިބިފަ އެވެ.

އެ ފިލްމުވެފައި ވަނީ ބޮލީވުޑް ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހުން ބޮޑު އާމްދަނީ އެއް ހޯދި ފިލްމުތަކުގެ ލިސްޓަށް އިތުރުވި ފިލްމަކަށެވެ.

އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުވާ މިފިލްމުގައި ބަތަލާގެ ރޯލުން ފެނިފައި ވަނީ ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ތާރާ ސުތާރިއާ އެވެ.

އެގޮތުން ފިލްމީ ކްރިޓިކުން ބުނަމުން އަންނަނީ ފުރަތަމަ ދުވަހުން ވެސް ފިލްމަށް ރަނގަޅު ކާމިޔާބީއެއް ލިބިފައިވުމީ ފެށުން ރަނގަޅުވުން ކަމުގައި ބެލެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ފިލްމު ބެލުންތެރިންގެ މެދުގައި ވަރަށް ހިނގާނެ ފިލްމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

https://www.youtube.com/watch?v=HdD6rU98yvg

ތަޅަޕް" އަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ.