ހުޅުމާލެއިން ގޯތި ވިއްކުމުގެ ސިޔާސަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެ އިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދ މިސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ރައީސް ނަޝީދު މިގޮތަށް ޓުވީޓު ކުރައްވާފައިވަނީ ބިޑް އުސޫލުން ހުޅުމާލެ އިން 60 ގޯތި ވިއްކަން ނިންމި ނިންމުން ބަދަލު ކުރަން ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.
ބީލަމުގެ އުސޫލުން ގޯތިވިއްކުމާ އެމްޑީޕީގެ ޗެއަރ ޕަރސަން ހަސަން ލަތީފްވެސް ދެކޮޅުކަން ވަނީ ހާމަކުރައްވާފަ އެވެ. ހަސަން ލަތީފް ކުރެއްވި ޓުވީޓުގައި ވަނީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ދިރިއުޅޭނެ ގޯތި ދިނުމުގެ މަސައްކަތް ނުކޮށް ބީލަމުގެ އުސޫލުން ބިން ވިއްކަން ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށް ކަމަށެވެ. މާލޭގެ ރައްޔިތުން ނިކަމެތި ކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ މީހުންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިފަދަ މަޝްރޫއުން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. މީގެ ކުރިންވެސް އެޗްޑީސީން ވަނީ ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިންވިއްކުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭސީސީން އެމަސައްކަތްވަނީ ހުއްޓުވާފަ އެވެ.
މިނިވަން މުވަައްސަސާ ތަކަށް މެމްބަރުން ކަނޑަައަޅަންވީ އެއީ މަޖްލީހުގެ މެމްބަރުން ނޫނޭ އެމެން ކަނޑައަޅަންވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ވޯޓް ލިބުމުގެ ހައްގު ލިބިފައިވާ އެންމެންގެ ވޯޓް އިންނޭ އެގޮތުން ވޯޓްލާ މީހުންގެ %95 އަށް ވުރެން މަތިން ކޮންމެ މީހަކު ވޯޓް ހޯދަން ޖެހޭނެއޭ އެ އަދަދަށް ވޯޓް ލިބެން ދެން އެފަދަ އިންތިޚާބެއް ބާއްވަން ޖެހޭނެއޭ އެކަން ކުރެވޭނެއޭ ރައީސްގެ ގަރާރަކުން ރައީސް ރާއްޖޭން ބޭރަށް ކުރާ ބޭކާރު ޚަރަދުން މިކަން ކުރެވޭނެއޭ ގާނޫނު ތަންދެއޭ ރައީސް އިބޫ ފަދަ ކައްޕަޅި ރައީސަކަށް މިކަން
ސަރުކާރާއި ސަރުކާރުގެ ކެބިނެޓް އިސްތިއުފާ މާލޭ ދާއިރާގެ ހުރިހާ މަޖްލީސް މެމްބަރުން އިސްތިއުފާ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އިސްތިއުފާ މަޖްލީހުގެ ނައިބް ރައީސް ކަމުން އީވާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ނަޝީދަކީ މިހާރު އިދިކޮޅު ލީޑަރު އޭނާ އެންމެ ބޭނުންވާނީވެސް އެކަން ދެކޮޅުވެރިކަން ދެއްކުމާ ތަރުތީބު އޮޅުވާލުން. ބަލަ ހުޅުމާލެ ތަރައްގީ ކުރާނެ ތަސައްވަރެއް އެބައޮތް. އެގޮތުން މަތީ އާމްދަނީ ލިބޭ މީހުންނަށް ބިންގަތުމުގެ ފުރިސަތު ދަށް އާމްދަނީ ލިބޭ މީހުންނަށް ދައުލަތުން އިމާރާތްކޮށްދީފަ ދިގުމުއްދަތެއްގަ ފައިސާ ދައްކާ ހަލާސްކުރުން. ދެން ނަޝީދު މާ ރަގަޅު މީހަކަށް ހެދިގެން މިކަންކަމުގެ ނިޒާމް ހަރާބުކޮށްލަން އުޅޭނެ ކަމެއްނެތް.