އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން ދާއިރު އެމީހުންގެ މެދުގައި އެކަނިވެރިކަން ބޮޑުވުމަކީ މުޅި ދުނިޔޭގައި ވެސް ބޮޑުވަމުން އަންނަ މައްސަލައެކެވެ.
އާއިލީ އޮނިގަނޑަށް އަންނަ ބަދަލުތަކާއި، ވަކިން ދިރިއުޅުން އިތުރުވުމަކީ މީގެ މައިގަނޑު ސަބަބުތައް ކަމަށް ބެލެވުނު ނަމަވެސް، އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ތަނަކީވެސް އެމީހުންގެ ނަފްސާނީ ސިއްހަތަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ކަމެކެވެ.
އިންޑިއާގެ "ލޮންގިޓޫޑިނަލް އޭޖިންގް ސްޓަޑީ"ގެ ހޯދުންތަކަށް އަލިއަޅުވާލައްވައި، ކްލިނިކަލް ސައިކޮލޮޖިސްޓް އަރްޗަނާ ޝަރުމާ ވިދާޅުވި ގޮތުގައި، އެހީތެރިކަން ލިބޭ މާހައުލަކާ ދުރުގައި ދިރިއުޅެން ޖެހުމާއި އިޖުތިމާއީ ގުޅުންތައް ކުޑަވުމަކީ އުމުރުގެ ފަހުކޮޅު ނަފްސާނީ ސިއްހަތަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ.
މިއާ ހިލާފަށް، އާއިލާއާއި ރައްޓެހިން އަދި މުޖުތަމައާ ގާތް ގުޅުމެއް ބާއްވާ އުމުރުން ދުވަސްވީ މީހުންގެ ނަފްސާނީ ސިއްހަތު މާ ރަނގަޅު ކަމަށް އޭނާ ފާހަގަކުރި އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 14.9 ޕަސެންޓް މީހުން މުޖުތަމައާ އެކެހެރި ވެފައިވާ ކަމުގެ އިހުސާސް ކުރާއިރު، 29 އިން 35 ޕަސެންޓާ ދެމެދުގެ މީހުން ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރެ އެވެ.
މިއިން އެނގެނީ އެކަނިވެރި ކަމަކީ ހަމައެކަނި އިންސާނާގެ އިހުސާސްތަކާ ގުޅިފައިވާ ކަމެއް ނޫން ކަމާއި، އެމީހަކު ދިރިއުޅޭ މާހައުލާ ވެސް ސީދާ ގުޅުންހުރި ކަމެއް ކަމެވެ.
އަރްޗަނާ ބުނި ގޮތުގައި، ސިއްހީ ހިދުމަތްތަކާ ގާތް ތަންތަނުގައި ދިރިއުޅުމާއި، އަހުލުވެރި މާހައުލަކާއި އާއިލާގެ ގާތުގައި ތިބުމަކީ އެކުވެރިކަމުގެ ގުޅުންތައް ބަދަލު ކުރުމަށް ފުރުސަތު ލިބި، ކަންބޮޑުވުމާއި ހަނދާން ނެތޭ ބަލިތަކުން ރައްކާތެރިވު މަށް އެހީތެރިވެދޭ ކަމެކެވެ.
ރިޓަޔާ ވުމާއެކު ދުވަހުގެ އާއްމު ތާވަލާއި ވަޒީފާގެ ރޫޓިން ގެއްލިގެންދާތީ، އިޖުތިމާއީ ގުޅުންތަކުގެ މުހިންމުކަން އިތުރަށް ބޮޑުވެގެންދެ އެވެ. އާއިލާއާއި، އަވައްޓެހިން އަދި ރައްޓެހިންނާއެކު އޮންނަ ގުޅުން ދަމަހައްޓާ މީހުންގެ އުފާވެރިކަން މާ ބޮޑެވެ.
ސަންކަލާ ފައުންޑޭޝަނުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން ދުވަސްވީ އަންހެނުންގެ 18.7 ޕަސެންޓް އަދި ފިރިހެނުންގެ 5.1 ޕަސެންޓް މީހުން ދިރިއުޅެނީ މުޅިން އެކަނިވެރިކޮށެވެ.
އަރްޗަނާ ގަބޫލުކު ރައްވާ ގޮތުގައި، އުމުރުން ދުވަސްވާއިރު އުފާވެރި ސިއްހަތެއްގައި ހުރުމަށް ސިއްހީ ފަރުވާގެ އިތުރުން ދިރިއުޅޭ މާހައުލަކީ އިންސާނީ ގުޅުންތަކަށް މަގުފަހި ކޮށްދޭ ތަނަކަށް ވާންޖެހެ އެވެ.
އެހެން ކަމުން ދުވަސްވީ އުމުރުގައި ދިރިއުޅޭނެ ތަނެއް އިހްތިޔާރު ކުރުމަކީ ހަމައެކަނި ގެދޮރުގެ ނިންމުމެއްގެ ބަދަލުގައި، ސިއްހަތާ ގުޅިފައިވާ މުހިންމު ނިންމުމެއްގެ ގޮތުގައި ދެކެން ޖެހެ އެވެ.
ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، ސަރުކާރަށްވެސް ނުކުރެވޭނެ: އުއްޗު
"ފޯޅަވަހި ނުލިބޭނަމަ އެގޮތަކަށް ބޭއްވުން މައްސަލައެއް ނޫން"
ޓޮލީވުޑްގެ އެކްޓަރުންނަށް އަނިޔާވާ މިންވަރު އިތުރުވަނީ!