ސާފުތާހިރު ކަމަކީ ދުޅަހެޔޮ ސިއްހަތެއްގެ އަސްލެވެ. އަމިއްލަ ހަށިގަނޑާއި އާއްމުކޮށް އުޅޭ މާހައުލު ސާފުކޮށް ބެލެހެއްޓުމަކީ ދުޅަހެޔޮ ދިރިއުޅުމަށް މުހިއްމު ކަމެކެވެ. އެގޮތުން ބޭނުން ކުރެވޭ ހިފާގެންގުޅޭ ސާމާނު ބޭނުން ކުރެވެނީ އެންމެ އެދެވޭ ގޮތަށްތޯ ވިސްނާލަން ޖެހެ އެވެ. މި ލިޔުމުގައި އާންމުކޮށް ބޭނުން ކުރާ ހިފާގެންގުޅޭ ސާމާނުގެ ބޭނުންތެރި ޓިޕްސް ތަކަކަށް ބަލާލާނަމެވެ.
ފުޑް ކޮންޓެއިނަރު
ގިނަ މީހުންނަށް ނޭނގި އޮތް ކަމެކެވެ. ނަމަވެސް ދަގަނޑު ނޫން އެހެން އެއްވެސް އެއްޗަކުން ހަދާފައިވާ ފުޑް ކޮންޓެއިނަރު ތަކަކީ މައިކްރޯވޭވަށް ލައިގެން ހޫނު ކުރަން ބޭނުން ކުރަން ވާނެ އެއްޗެއްސެއް ނޫނެވެ. ޕްލާސްޓިކް ކޮންޓެއިނަރުތަކުގައި ހިމެނޭ ކެމިކަލް އަކީ ހޫނުވުމުން ކާނާއާ އެއްވެ، މީހާގެ ޓެސްޓޮސްޓެރޯން އަދި އެސްޓްރޮޖެން ލެވެލް އަށް އަސަރު ކުރާ އެއްޗެކެވެ. މިއީ ކެންސަރަށް މަގުފަހިވާ ދޮރެކެވެ.
ދަތް އުނގުޅާ ބޭސް
ބުރުހުގައި ގިނައިން ބޭސް ހޭކީމާ ދަތް ބޮޑަށް ސާފުވާ ކަމަށް ހީކުރެވޭ ހެއްޔެވެ. މިއީ ގިނަބަޔަކަށް އޮޅިފައި އޮންނަ ކަމެކެވެ. ނަމަވެސް ޑެންޓިސްޓުން ބުނާ ގޮތުގައި ވީހާވެސް ކުޑަ ބޭސްކޮޅެއް ބޭނުން ކުރިޔަސް ދެތިން މިނެޓުން ރީއްޗަށް ދަތް އުނގުޅައިލެވޭނެ އެވެ. މާގިނައިން ބޭސް ބޭނުން ކުރާ ކަމުގައި ވާނަމަ ހިރުގަނޑުގެ މައްސަލަތަކާ ކުރިމަތިވެ އެވެ.
އައިސް އަލަމާރި
ހުރިހާ ބާވަތެއްގެ ތަރުކާރީ އަދި މޭވާ އަކީ ފްރިޖަށް ލާން ޖެހޭ ކާބޯތަކެއްޗެއް ނޫނެވެ. ފްރިޖަށް ލާންވާނީ އަވަހަށް އަދި ފަސޭހައިން ހަލާކުވާ ނުވަތަ ކުނިވާ ކަހަލަ ކާނާއެވެ. އަދި މިގޮތަށް ލާއިރުވެސް ފްރިޖްގެ ހިއުމިޑިޓީ މަޑުކޮށްފައި ބެހެއްޓުމުން ކާއެއްޗެހި ހަލާކުވާލެއް ލަސްވާނެ އެވެ.
ފުނާ
ދުވާލަކު ކިތަށް ފަހަރު އިސްތަށިގަނޑުގައި ފުނާ އަޅަން ހެއްޔެވެ. މާގިނައިން އިސްތަށިގަނޑު ފުނާ އެޅުމަކީ އިސްތަށިގަނޑު ހަލާކުވާނެ ކަމެކެވެ. އަދި އިސްތަށިގަނޑުގައި ފުނާ އަޅާއިރު ތިރިން ފެށިގެން ގޮށް ފިލުވަމުން ދިޔުމަކީ އިސްތަށިގަނޑު ބޮޑަށް ގޮށް ޖެހުން ކުޑަކުރުވާނެ ކަމެކެވެ.
ޓިޝޫ
އަރިދަފުސް އެޅުމުން އަތްމަތީ އެންމެ މުހިއްމު އެއްޗަކަށް ގެންގުޅެވެނީ ޓިޝޫ އެވެ. ނަމަވެސް ޓިޝޫއަށް ރޯގާފޮޅާއިރު ބައެއް ފަހަރު މާ ގަދައަށް ރޯގާ ފޮޅޭ ގޮތްވެ އެވެ. އެއީ ސައިނަސް އިންފެކްޝަންތައް އުފެދެން މަގުފަހިވާނެ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ފަހަރަކު ނޭފަތުގެ އެއް ފަޅި ފޮޅުމެވެ.
ތަށި ދޮންނަ ސްޕޮންޖް
ގަވާއިދުން ބަދިގޭގައި ބޭނުން ކުރާ ސްޕޮންޖް ސާފު ކުރުމަކީ ކޮންމެހެން ކުރުން މުހިއްމު ކަމެކެވެ. މާހިރުން ލަފާދޭ ގޮތުގައި ކޮންމެ ކޮންމެ ދުވަހަކު ވެސް އެއްފަހަރު ސްޕޮންޖެއް ބޭނުން ކުރުމަށްފަހު ހޫނު ފެނަށް ލައިގެން ސްޕޮންޖް އެކީ ސާފު ކޮށްލަން ޖެހޭނެ އެވެ. މިއީ އޭގައި ހިމެނޭ ޖަރާސީމު މަރައިލުމަށް ކުރަންޖެހޭ ކަމެކެވެ.
ދޮންނަ ކުނޑި
ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ގިނައިން ދޮންނަ ކުނޑި މެޝިނަށް އެޅުމުން ހެދުންތަކުން މިލަތައް މާ ރީއްޗަށް ފިލައިގެން ދާނެ އެވެ. ނަމަވެސް ދޮންނަ ކުނޑި ބޭނުން ކުރަން ޖެހެނީ ގަންނަ އިރު ހުންނަ ފުޅި ނުވަތަ ޕެކޭޖުގައި ލިޔެފައިވާ މައުލޫމާތާ އެއްވަރަށެވެ. މާގިނައިން ދޮންނަކުނޑި އަޅައިގެން ހެދުން ދޮންނަ ކަމުގައި ވާނަމަ ހެދުމުގެ ފޮތި ބަލިކަށިވެ ހަލާކުވެދާނެ އެވެ.