70،000 ރުފިޔާގެ މުސާރައެއް ލިބޭ ޑިރެކްޓާ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތް ސާވިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ހުސްވެފައިވާ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް އައްޔަން ކޮށްފައިވަނީ ޑރ. އަހްމަދު އަޝްރަފް އެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު ޑރ.އަޝްރަފު އެމަގާމަށް އައްޔަން ކުރުމުގެ ކުރިން އެމަގާމުގައި ކުރިން ހުންނެވީ ޑރ. ޝީޒާ އަލީ އެވެ.
ޑރ. ޝީޒާ އެ މަގާމުން ވަކިވީ އެ މަގާމުގެ ދައުރު ހަމަވުމުންނެވެ
ޑރ. އަޝްރަފް އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
މި މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ލިބޭ 54،430ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު ލިބޭ 530ރ. އާއި އެކު ޖުމްލަ 70،330ރ. ލިބޭނެ އެވެ.
މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެ އެވެ.

ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
ރަމަޟާން މަހަކީ އަޅުކަމުގައި އުޅެންވީ މައްސަރު: ހުތުބާ