ވޭޕް ކުރުމަކީ އަހަރުމެންގެ މުޖުތަމައުގައި ވެސް މިހާރު އާއްމުވެފައިވާ ކަމެކެވެ. ހާއްސަކޮށު ޒުވާނުންގެ މެދުގައި މިއީ ކަށީގައި ހިފާފައިވާ އާދެއެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ތިބާއަކީ ވޭޕް ކުރާ ފަރާތެއް ނަމަ ތިރީގައި މިވާ ކަންކަމަކީ އެނގުން ވަރަށް މުހިއްމު ކަންކަމެވެ.

1. ވޭޕް، ދުންފަތަށްވުރެ ގެއްލުން ކުޑަ، އެކަމަކު ރައްކާތެރިއެއް ނޫން

އީ-ސިގިރެޓްގައި، ދުންފަތުން ނެގޭ ނިކޮޓިން ހޫނުކޮށްގެން އިތުރު ކެމިކަލްއާއި އާއި ރަހަ އެއްކޮށްގެން ބޭނުން ކުރާއިރު އާއްމުކޮށް ބޭނުންކުރާ ދުންފަތުގައި 7000 ވައްތަރުގެ ކެމިކަލް ބޭނުން ކުރެ އެވެ. މީގެ ތެރެއިން ގިނަ ކެމިކަލް އަކީ ވަރަށް ވިހަ އެއްޗެއްސެވެ. އީ-ސިގަރެޓްގައި ހިމެނެނީ ކޮން ކެމިކަލް ތަކެއްކަން ޔަގީން ނުވިޔަސް އާދައިގެ ސިގިރެޓަށްވުރެ ވިހަ އެކުލެވޭ މިންވަރު މަދުވާނެ އެވެ.

2. ވޭޕަކީ ހިތާއި ފުއްޕާމެއަށް ގެއްލުންދޭ އެއްޗެއް.

ސިގިރޭޓާއި ވޭޕްގައި ވެސް ހިމެނޭ އެންމެ މައިގަނޑު ބާވަތަކީ، ނިކޮޓިން އެވެ. ނިކޮޓިންގެ ސަބަބުން އެއަށް ދެވި ހިފައެވެ. ނިކޮޓިން އަކީ ވިހައަކަށް ވީއިރު މި ވިހަ އާވި އަދި ދުމުގެ ޒަރިއްޔާއިން ލެއަށް ދިއުމުން ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ހިނގުން އަވަސްވެ، ހަރޓްއެޓޭކް ޖެހުމަށް މަގުފަހިވެ އެވެ.

3. ވޭޕް އަކީ ސިނގިރެޓާއި އެއްވަރަށް ދެވިހިފާ އެއްޗެއް.

ސިނގަރެޓް އަދި ވޭޕްގައި ހިމެނޭ ނިކޮޓިން އަކީ ހެރޮއިން އަދި ކޮކޭން ފަދައިން އެއަށް ދެވިހިފާ އެއްޗެކެވެ. ބައެއް އީ-ސިގަރެޓް ބޭނުންކުރާ މީހުނަށް އާދައިގެ ސިނގަރެޓަށްވުރެ ގިނައިން ނިކޮޓިން ބޭނުން ކުރެވެ އެވެ.

4. އީ-ސިގަރެޓަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވަން އެހީވާ އެއްޗެއްނޫން.

ބައެއް މީހުނަށް ހީކުރެވިފައި އޮންނަގޮތުގައި ސިގަރެޓް ބުއިން ހުއްޓާލަން އުނދަގޫ މީހުން، އީ-ސިގަރެޓަށް ބަދަލު ކުރުމުން ނުވަތަ ވޭޕް ކުރަން ފެށުމުން ސިގަރެޓަށް ހުންނަ ދެވި ކުޑަވެގެން ފޫހި ވެގެން ގޮސް ދުންފަތުގެ އިސްތިޢުމާލު އެއްކޮށް ހުއްޓާލުމަށް ބާރު އަޅަ އެވެ. ނަމަވެސް މިއީ އެއްވެސް ހަގީގަތެއް ނެތް ކުށްހީ އެކެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި އީ-ސިގަރެޓަށް ބަދަލު