ބޮލީވުޑްގެ މަޝްހޫރު ފިމްލީ ފަންނާނު ރިތިކް ރޯޝަން އާއި ސަބާ އާޒާދް އެކީގައި އާއިލާ އާއެކު ފެންނަން ފަށައިފި އެވެ.

އިންޑިއާގެ ނޫސްތަކުން މިހާރު ވަނީ ރިތިކާއި ސަބާ ލޯބީގެ ގޮތުން ގުޅިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

އެގޮތުން އެ ދެފަންނާނުން ވެސް އެންމެ ފުރަތަމަ ލޯބީގެ ގުޅުން ބަހައްޓާފައިވަނީ އާންމުނަށާއި، މީޑިއާތަކަށް ނާންގައި ސިއްރުން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ދެ ފަންނާނުން ވެސް މިހާރު ވަނީ، އެ ދެ ފަންނާނުންގެ އާއިލާއާ އެކީ އާންމުންނަށް ފެންނަން ފަށައިފަ އެވެ.

ސަބާގެ އިތުރުން ރިތިކާއި އޭނާގެ އާއިލާއާއެކު ފެންނަ ބައެއް ފޮޓޯތައް ހިއްސާކޮށްފައި ވަނީ ރިތިކްގެ ބޭބެ ރާކޭޝް ރޯޝަން އެވެ.

https://nest.hurihaa.mv/article/editor/edit/11425

އާންމުންނަށް އެންމެ ފުރަތަމަ ރިތިކް ސަބާއާއެކު ފެނުނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ދެ މީހުން އެކީގައި ކެއުމަށް ރެސްޓޯރެންޓަކަށް ދިއުމަށްފަހު ނިކުމެގެން ދަނިކޮށެވެ. އޭރު ރިތިކް ހުރީ ސަބާގެ އަތުގައި ހިފައިގެނެވެ.

ރިތިކް އޭނާގެ ކުރީގެ ކައިވެެނި ރޫޅުމަށްފަހު ލޯބިވެރިއަކާއެކު ގިނަ ދުވަސްތަކަކަށް ފަހުގަ އާންމުންނަށް ފެނިފައިވާއިރު، ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޚާން ވެސް ވަނީ މިފަހުން އޭނާގެ ލޯބިވެރިޔާގެ ފޮޓޯ އާންމުކޮށްފަ އެވެ.

ސުޒޭން ލޯބީގެ ގޮތުން ގުޅުނީ އަރްސްލަން ގޯނީއާ އެވެ.