ބޮލީވުޑްގެ މަޝްހޫރު ފިމްލީ ފަންނާނު ރިތިކް ރޯޝަންގެ ލޯބިވެރިޔާ ސަބާ އާޒާދް، ސުޒޭން ޚާންއަށް ކުރު ނަމެއް ދީފި އެވެ.

އިންސްޓަގްރާމުގައި ސަބާ އާންމުކުރި ވީޑިއޯއެއްގައި ސަބާ ވަނީ އޭނާ ސްކްރީން ޓެސްޓުކުރުމަށް ލޯބިކުރާ ކަމަށް ބުނެފަ އެވެ. އެ ވީޑިއޯއަށް ރިތިކުގެ ކުރީގެ އަންހެނުން ސުޒޭން ވެސް ކޮމެންޓުކޮށްފައިވާއިރު، ސުޒޭންގެ ކޮމެންޓަށް ރައްދުދެމުން ސަބާ ވަނީ އޭނާއަށް ކުރު ނަމަކުން ގޮވާލާފަ އެވެ. ސަބާ ސުޒޭންއަށް ގޮވާފައިވަނީ "ސޫޒް" ކިޔާފަ އެވެ.

އާންމުންނަށް އެންމެ ފުރަތަމަ ރިތިކް ސަބާއާއެކު ފެނުނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ދެ މީހުން އެކީގައި ކެއުމަށް ރެސްޓޯރެންޓަކަށް ދިއުމަށްފަހު ނިކުމެގެން ދަނިކޮށެވެ. އޭރު ރިތިކް ހުރީ ސަބާގެ އަތުގައި ހިފައިގެނެވެ. އަދި އިންޑިއާގެ ނޫސްތަކުން މިހާރު ވަނީ ރިތިކާއި ސަބާ ލޯބީގެ ގޮތުން ގުޅިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ރިތިކް އޭނާގެ ކުރީގެ ކައިވެެނި ރޫޅުމަށްފަހު ލޯބިވެރިއަކާއެކު ގިނަ ދުވަސްތަކަކަށް ފަހުގަ އާންމުންނަށް ފެނިފައިވާއިރު، ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޚާން ވެސް ވަނީ މިފަހުން އޭނާގެ ލޯބިވެރިޔާގެ ފޮޓޯ އާންމުކޮށްފަ އެވެ.

ސުޒޭން ލޯބީގެ ގޮތުން ގުޅުނީ އަރްސްލަން ގޯނީއާ އެވެ.