މިނިސްޓަ އޮފް ސްޓޭޓް ފޯ ޓޫރިޒަމްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ އދ. މާމިގިލި، ރަންގިރިޓީގެ، އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) އެވެ.
އިބޫ ވަނީ ގްރޭޓަ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިނިސްޓަ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒްގެ ނައިބުގެ މަގާމާއި މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމާ ޕްރައިވެޓް ސެކްޓާގެ އެކިއެކި މަގާމުތައް ފުރުއްވާފަ އެވެ.
އެމްޑީޕީ ގައުމީ މަޖްލީހުގައި ވެސް ހިމެނިވަޑައިގަންނަވާ އިބޫ ވަނީ އިނގިރޭސިވިލާތުގެ ބޯލްޓަން ޔުނިވާސިޓީން އެމްބީ.އޭ ހާސިލުކުރައްވާފަ އެވެ.
އިބޫއާއެކު މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިވަގުތު ތިއްބަވާނީ ދެ ބޭފުޅުންނެވެ. ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ސޯލިހުއެވެ.
 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
			މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					