ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ސުވާލުކުރަން އެޖެންޑާ ކޮށްފި އެވެ.
ޑރ. މައުސޫމްއާ ސުވާލުކުރަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
ރިޔާޒު ވަޒީރާ ކުރައްވާ ސުވާލަކީ ތ. އަތޮޅުގައި ރިޒޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ގިނަ ރަށްތަކުގައި ރިޒޯޓު ތަރައްގީ ކުރެވިފައިނުވާތީ، އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ، މިކަމާމެދު ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުވެސް ރިޔާޒުވަނީ މިނިސްޓަރު މައުސޫމްގެ ފަރާތްޕުޅުން ލިޔުމުން ޖަވާބު ހޯދުމަށް މިފަދަ ސުވާލެއް ކުރައްވާފަ އެވެ.
އެ ދުވަހު ރިޔާޒު ސުވާލު ކުރެއްވީ ކަނިމީދޫ އާއި ގުޅޭ ގޮތުން ސާފުޖަވާބެއް ހޯދުމަށެވެ. ނަމަވެސް ވަޒީރު ފޮނުވި ސިޓީގައި ބުނެފައިވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ ބީލަމަށް ހުށަހެޅި ނަމަވެސް އެއްވެސް ޕްރޮޕޯސަލްއެއް ލިބިފައި ނުވާ ކަމަށެވެ. އެ ސުވާލަށް ވަޒީރު ވަރަށް ކުރު ޖަވާބެއް ދެއްވުމުން ރިޔާޒު ވަނީ އެ މައްސަލަ އިތުރަށް ސާފުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސްޓްރެސްގެ ސަބަބުން އަންހެނެއްގެ އެތެރެ ހަށްޓަށް އަންނަ ބަދަލު!
އީރާނުން ރައްދުގައި އެމެރިކާގެ ބޭސްއަކަށް ހަމަލާދީފި
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!