ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މިވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން ކައިވެނީގެ ވާހަކަތަކަކީ މިވަގުތު އެންމެ ގަދައަށް ބޮލީވުޑްގައި ދެކެވެމުންދާ ވާހަކަތަކެވެ.

ދެ ފަންނާނުން ކައިވެނިކޮށް، ފޮޓޯތައް އާންމުންނާ ހިއްސާކޮށްފައިވާއިރު، އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އަދި އެދެ ފަންނާނުންގެ ކައިވެންޏަށް ދައުވަތުދީފައިވަނީ މަދު ބަޔަކަށެވެ.

ރަންބީރާއި އާލިޔާ ވަނީ ކައިވެންޏަށް ފަހު މީޑިއާތަކާ މައުލޫމާތު ހިއްސާކުރުމަށް ފެނިލާފަ އެވެ. އެގޮތުން މީޑިއާތަކާ ބައްދަލުކުރި އިރު ދެފަންނާނުން ވެސް ލައިގެން ހުރީ ހުދު ކުލައިގެ ކައިވެނީގެ ހެދުމެވެ. އަދި މިވަގުތު އާލިއާ އާއި ރަންބީރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ އާންމުވެ، ފޭނުންގެ ތައުރީފު ލިބެމުންނެވެ.

ދެ ތަރިންގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރައްމާސްތުރާއިން އެކުގަ އެވެ.