މި ދައުރު ނިމުމުގެ ކުރިން ޖަލުތަކުގެ ހާލަތު ރަނގަޅުކުރާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ، ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ އޮފިސަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވަނީ މިވަގުތު ރާއްޖޭގައި ބޭނުން ކުރާ ޖަލުތަކަކީ އެހެން ކަމަކަށް ބޭނުންކުރި ތަންތަން ކަން ފާހަގަކުރައްވާފަ އެވެ.
އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެތަންތަނުގައި ގައިދީން ގެންގުޅެން ޖެހުމުން ދިމާވާނެ ދަތިތަކާއި ބުރަތައް ތަޞައްވަރު ކުރެވޭކަމަށެވެ. އަދި އެ އިމާރާތްތަކަކީ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތަކަށް ނުފެތޭ ފެންވަރެއްގައި ހުރި ތަންތަން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިދައުރު ނިމުމުގެ ކުރިން ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، މައްސަލައަށް ހައްލެއް ގެންނާނެކަމަށް ވިދާޅުވެފަ އެވެ. ހަމައެހެންމެ އެކަންކަން ތަރުތީބު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ގަދަ އަވީގައި ވެސް ހޫނުނުވާ ހުދު ވެލީގެ ސިއްރު!
ވެއިޓަރު މަރާލި މައްސަލާގައި ޝެފް އާބިދުގެ މައްޗަށް ކުށް ސާބިތު
މާލޭގެ މަގުތައް ޒަމާނީކުރުމުގެ ބިޔަ މަޝްރޫއު އަންނަ އަހަރު ފަށަނީ
