ކުލަގަދަކޮށް ފާހަގަކުރި ކައިވެންޏަށް ފަހު އާލިއާ ބަޓް އާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރް އަނބުރާ މަސައްކަތް ފަށައިފި އެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އަދި އެ ދެ ފަންނާނުންގެ ކައިވެންނި ބާއްވާފައިވަނީ މަދު ބަޔަކަށް ދައުވަތުދީގެންނެވެ.

ކައިވެންޏަށް ފަހު ދެފަންނާނުންވެސް މަސައްކަތަށް ގޮސްފައިވާއިރު، މީގެ ދުވަސްތަކެއް ކުރިން ރަންބީރު ވަނީ "ޓީސީރީޒް" ގެ އޮފީހުން ފެނިފަ އެވެ. އަދި އާލިއާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންއަށް ކަލީނާ އެއާޕޯޓުން އޭނާ ފެނިފައިވެ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނީގެ ގޮތުން ގުޅުނީ މިމަހުގެ 14 ވަނަ ދުވަހުގަ އެވެ. އަދި ދެފަންނާނުންގެ ކައިވެނި ބާއްވާފައިވަނީ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށެވެ.

ދެ ތަރިންގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރައްމާސްތުރާއިން އެކުގަ އެވެ.