ބޮލީވުޑްގެ މަޝްހޫރު ފަންނާނު ކެޓްރީނާ ކެއިފްގެ ކުޑައިރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.

އިންސްޓަގްރާމުގައި އޭނާ ހިއްސާކޮށްފައިވާ އެ ފޮޓޯގައި އޭނާ ލައިގެން ހުރީ ދޫ ޑެނިމް ގަމީހެކެވެ. ހަމައެހެންމެ އޭރުވެސް ކެޓްރީނާ، ދޫކޮށް "އޯވަޒައިޒް" ކޮށް ހުންނަ އެއްޗިއްސަށް ލޯބިކުރާ ކަމަށް ކެޕްޝަންގައި ލިޔެފައިވެ އެވެ.

ކެޓްރީނާ އާންމުކުރި އެ ފޮޓޯއަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު، ކެޓްރީނާގެ ފިރިމީހާ ވިކީ ކޯޝަލް ވެސް ވަނީ އެ ފޮޓޯއަށް ތައުރީފުކޮށްފަ އެވެ.

https://www.instagram.com/p/Cc7aG1OtbbR/

ކެޓްރީނާ އާންމުކުރި އެ ފޮޓޯގައި އޭނާ ފެނިގެންދަނީ ބަކަރިތަކަށް ކާންދޭ މަންޒަރެވެ.

މީގެ ދުވަސްތަކެއް ކުރިން ނޫސްތަކުގެ ފަަ ސުރުހީގައި ކެޓްރީނާގެ ވާހަކަތައް ފާހަގަވެފައިވާއިރު، އެންމެ ބޮޑަށް ދެެކެވުނީ ކެޓްރިނާއާ ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަތަކެވެ.

އެ ދެފަންނާނުން ކައިވެނިކުރީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގައި ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެންނެވެ،