ކޮވިޑް-19 ފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ކަރަންޓީނާ ނުލައި ފަސް ދުވަހަށް ދެވޭނެ އުސޫލެއް އެޗްޕީއޭ އިން ހަދައިފި އެވެ.
އެ އިދާރާ އިން މިއަދު ނެރުނު އުސޫލުގައިވަނީ އޭގެ މަގުސަދަކީ އަސާސީ ހިދުމަދޭ ފަރާތްތަކަށް ކަރަންޓީނުވުމުކާ ނުލާ ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ދެވޭނެ ގޮތް ހެދުން ކަމަށެވެ. މިފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހެ އެވެ. އަދި ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެކަމުގެ މައުލޫމާތު ދޭން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަންތައްތައް:
- ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ޚިދުމަތްތައް
- ބޭންކުގެ ޚިދުމަތްތައް
- ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތައް
- ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް
- މެއިންޓެނެންސް މަސައްކަތްތައް
- ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް މަސައްކަތް
- މިނޫންވެސް އާންމު ޚިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް
އެޗްޕީއޭ އިން ބުނީ ދަތުރުކުރުމުގެ ކުރިން އެ އުސޫލުގައިވާ ގޮތަށް އެ މުއައްސަސާއިން ފޮނުވާ މުއައްޒަފުންގެ ހުއްދަ ހޯދަން ޖެހެ އެވެ. އެގޮތުން އެ މުއައްޒަފުންނަކީ ނުވަތަ އެ މީހަކީ ކޮވިޑް-19ގެ އަލާމާތެއް ހުރި މީހެއް ނޫންކަން ނުވަތަ ފައްސިވެފައިވާ މީހެއްގެ ކޮންޓެކްޓެއް ނޫންކަން ކަށަވަރުކުރަން ޖެހެ އެވެ. އަދި އެއްވެސް ގޮތަކަށް ކޯވިޑް-19އަށް ޓެސްޓް ކޮށްފައިވާ މީހެއްނަމަ ނަތީޖާ ނުލިބެނީސް ދަތުރުކުރާ ޓީމުގައި ނުހިމެނުމާއި އެފަދަ މީހަކަށް ދަތުރުކުރެވޭނީ ނަތީޖާ ނެގެޓިވުމުން ކަމަށް ވެސް ހަމަޖައްސާފައިވެ އެވެ.
އޭގެ އިތުރުން ޚިދުމަތް ފޯރުކޮށްދިނުމަށް ރަށުން ބޭރުގައި މުވައްޒަފަކު ހުއްޓާ ކޮވިޑްގެ އަލާމާތެއް ފެނިއްޖެނަމަ ކަނޑައަޅާފައިވާ ގޮތަށް ރިޕޯޓުކުރުމާއި މޯލްޑިވްސް ޕޮލިސް ސާވިސަސް ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރުމާއި މަސައްކަތަށްދާ މީހުން ރައްކާތެރިކަމާއެކުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއިދަތުރުކުރާ މީހުން ރަށުގެ އެހެން މީހުންނާ ވަކިން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ކެއުމާއި ބުއިމުގެ ކަންތައްތައް މުޅިންވަކިން ކުރެވޭ ގޮތަށް ހަމަޖެއްސުމާއި މަސައްކަތް ނިމުމުން ދިޔަ ޓީމު ނުވަތަ މީހުން އެ ރަށަކުން ވީހާވެސް އަވަހަކަށް އަނބުރާ ގެނައުން ހިމެނެ އެވެ.
އެޗްޕީއޭ އިން ހަމަޖެއްސި އުސޫލުގައިވާ ގޮތުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ހުއްދަ އޮތްކަން ކަށަވަރު ކުރަން ޖެހެ އެވެ. އަދި ދަތުރުކުރާއިރު އަދި މަސައްކަތުގައި އުޅޭއިރު މާސްކު އެޅުމާއި މާސްކް އެޅުމުގައި އުސޫލާއެއްގޮތަށް އަމަލު ކުރުމާއި ސިއްހީ ޚިދުމަތްދޭ ތަނެއްގެ މަސައްކަތްތަކާ ގުޅިގެން ދަތުރުކުރާނަމަ ރައްކާތެރިކަމުގެ ގޮތުން އެތަނެއްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމާއި ރަށަށް ދިޔުމަށްފަހު ސީދާ މަސައްކަތް ކުރާ ތަން ނުވަތަ ހުރުމަށް ހަމަޖެހިފައިވާތަން ފިޔަވާ އިތުރު އެހެން ތަންތަނަށް، ޒަރޫރީ ހާލަތެއްގައި މެނުވީ ނުދިއުމާއި ރަށުގެ އެހެން މީހުންނާ ބައްދަލުކޮށް ނުހެދުމާއި ރެސްޓޯރަންޓް ފަދަތަންތަނަށް ނުދިއުމާއި މަސައްކަތް ކުރާ ތަނުގައި އުޅޭ މުވައްޒަފުންނާ މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ފަދަ ކަންތައްތައް ހިމެނެ އެވެ.
އެޗްޕީއޭ އިން މީގެ ކުރިން ވެސް ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން، ބަލި ނެތް ރަށަކަށް 10 މީހުންނަށް ވުރެ ގިނަ މީހުން ދާ ނަމަ ދެވޭނީ ފުރުމުގެ 72 ގަޑި އިރު ކުރިން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ދެވޭނެ އުސޫލެއް ވެސް ހެދި އެވެ. ނަމަވެސް މިގޮތަށް ދާ މީހުން ވެސް އާންމު ކަރަންޓީން އުސޫލުގެ ދަށުން ކަރަންޓީން ވާން ޖެހޭނެ ކަމަށް އެޗްޕީއޭ އިން އޭރު ހަމަޖެއްސި އެވެ.
އެޗްޕީއޭ އިން މި އުސޫލު ހެދިއިރު ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި އިސް މަގާމުތަކުގައި ތިއްބަވާ ވެރިންނާއި މަޖްލިސް މެމްބަރުން ސަރުކާރުގެ އެކި ޕްރޮޖެޓްތައް ކުރިޔަށްދާ ގޮތް ބެލުމަށާއި ބިންގާ އެޅުން ފަދަ ކަންތައްތައް ކުރަން ރަށްރަށަށް ދަތުރުކުރެ އެވެ.
އެޗްޕީއޭ އިން މި އުސޫލު ހެދިއިރު ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި އިސް މަގާމުތަކުގައި ތިއްބަވާ ވެރިންނާއި މަޖްލިސް މެމްބަރުން ސަރުކާރުގެ އެކި ޕްރޮޖެޓްތައް ކުރިޔަށްދާ ގޮތް ބެލުމަށާއި ބިންގާ އެޅުން ފަދަ ކަންތައްތައް ކުރަން ރަށްރަށަށް ދަތުރުކުރެ އެވެ. މިއޮތީ ހާދަ މުހިއްމު ތަންކޮޅެކޭ ހިމަނާފަ. މި ލިޔާ ނޫސްވެރިން މީ ހަމަ މުނާފިގުން. ސަރުކާރުން ހަމަ ރަށް ރަށަށް އަރާ ބިންގާ އެޅުމާ ތަރައްގީގެ ހުރިހާ ކަމެއްކުރާނެ. ހިއްދަތިވެފަ ހަމަ ތިހެން ތިބެން ޖެހޭނީ