މޯލްޑިވިއަންގެ ފްލައިޓެއް ލ. ކައްދޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިފި އެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
"ކައްދުއަށް މޫސުން ވަރަށް ގޯސް. ވަރަށް ވައިގަދަ. އެހެންވުމުގެ ސަބަބުން ހިނގި ހާދިސާއެއް މިއީ،" އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ފްލައިޓް ކަހާލީ ދެވަނަ ފަހަރަށް ޖައްސަން އުޅެނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ރަޝް އަވާ 4"ގެ މަސައްކަތް ފަށަނީ!
މޫޑީސްއިން ރާއްޖޭގެ ރޭޓިން "ސްޓޭބަލް"އަށް ބަދަލުކޮށްފި
އަތޮޅުތަކާއި ރަށްތަކުގެ ބާރު ސަރުކާރުން ފޭރިގެންފި: ޔާމީން
