އެމްޑީޕީގެ ތާރީހުގައިވެސް އެތެރޭގެ އެންމެ ފޯރިގަދަ އިންތިހާބުގައި ދެ ކެންޑިޑޭޓުންނަށް ވެސް ކާމިޔާބު ކުރެވޭނެ މުހިއްމު ދާއިރާތަކެއް އޮތެވެ. އަދި އެދާއިރާތަކުން ފުރިހަމަ ކާމިޔާބީއެއް ހޯދޭނެ ކަމަށް ބުނެ ދިޔައީ ވަކާލާތު ވެސް ކުރަމުންނެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާތަކުން ވަނީ އެހެން މަންޒަރެއް ދައްކާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައިވަނީ 7،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. ދެން ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

ފައްޔާޒަށް ގިނަ އަތޮޅުތަކާއި އައްޑޫ ސިޓީން މެޖޯރިޓީ ލިބުނުއިރު, މާލޭ ސިޓީން މެޖޯރިޓީ ލިބިފައިވަނީ އިންތި އަށެވެ.

ރައީސް ނަޝީދަށް ބޮޑު ތާއީދެއް އަބަދުވެސް އޮންނަ ކަމަށް ބުނާ ބ. އަތޮޅު މިފަހަރުގެ އިންތިހާބުގައި މިފަހަރު ނަޝީދަށް ވަނީ ނާ ކާމިޔާބުވެފަ އެވެ. އެގޮތުން ބ. އަތޮޅުގެ ތިން ދާއިރާ އޮންނައިރު ހުރިހާ ދާއިރާއަކުން ވެސް ވޯޓު ކާމިޔާބުކޮށްފައިވަނީ ރައީސް ސޯލިހުގެ ތާއީދާއެކު ނުކުންނެވި ފައްޔާޒަށެވެ. މި އިންތިހާބާއެކު ރައީސް ނަޝީދަށް ބ. އަތޮޅުން އޮތް ތާއީދު މިހާރު ނެތްކަން ސާބިތުވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބ. އަތޮޅުގެ ދާއިރާތަކުން ވޯޓު ބެހިފައިވާ ގޮތް:

ކެންދޫ ދާއިރާ:

އިމްތިޔާޒު ފަހުމީ : 198 ވޯޓު

ފައްޔާޒު އިސްމާއީލް: 391 ވޯޓު

އޭދަފުށީ ދާއިރާ

އިމްތިޔާޒު ފަހުމީ: 234 ވޯޓު

ފައްޔާޒު އިސްމާއީލް: 317 ވޯޓު

ތުޅާދޫ ދާއިރާ:

އިމްތިޔާޒު ފަހުމީ: 430 ވޯޓު

ފައްޔާޒު އިސްމާއީލް: 334 ވޯޓު

ބ. އަތޮޅުން އަގުލަބިއްޔަތު ނަގާނީ އިމްތިޔާޒް ކަމަށް އޭނާގެ ކެމްޕެއިން ޓީމުން ގަބޫލުކުރި އެވެ. ނަމަވެސް ބ. އަތޮޅުގެ ނަތީޖާ ބުރަވީ ފައްޔާޒްގެ ކޮޅަށެވެ.

ވާދަވެރި އިންތިހާބުގައި އަތޮޅު ތެރޭގެ ގިނަ ދާއިރާތަކުގެ ތާއީދު އޮތްތަން ފެނުނީ ފައްޔާޒަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ދެ ރައީސުންގެ މެދުގައި އޮތް ތާއީދު ބެލުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެކެވެ. މި އިންތިހާބާއެކު ރައީސް ނަޝީދަށް އަތޮޅުތަކުން ކުރިން އޮތް ބޮޑު ތާއީދު މިހާރު ފަޑުވަމުން އަންނަކަން ވަނީ ސާބިތުވެފަ އެވެ.