ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ބަތަލާ ޝިލްޕާ ޝެޓީގެ ކުރިއަށް އޮތް ފިލްމު "ނިކައްމާ"ގައި އޭނާ ފެނިގެންދާނެ ގޮތް ދައްކާލައިފި އެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ހަންގާމާ 2" އަށް ފަހު ޝިލްޕާ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ނިކައްމާ"ގެ ޓްރެއިލާ އާންމުކޮށްފައިވާއިރު އެފިލްމުގައި ޝިލްޕާގެ ކެރެކްޓާ އަކީ ސީދާ ކޮން ކަހަލަ ކެރެކްޓާއެއްކަން ސާފެއް ނުވެ އެވެ. އެހެން ނަމަވެސް އެފިލްމުގައި ޝިލްފާ ފެނިގެންދާނީ "ސުޕަވުމަން"ގެ ގޮތުގައި އެވެ.

https://www.instagram.com/p/CdpiNefFLOf/

ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ" އާއި "ބާގީ" އަދި "މުންނާ މައިކަލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސަބީރް ޚާން ހަދާފައިވާ "ނިކައްމާ" ފެނިގެންދާނީ ޝިލްޕާގެ އިތުރުން ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފު ކުރާ ޝާލީ ސެތިއާ އެވެ.

އަންނަ މަހުގެ 17 ގައި ސިނަމާތަކަށް ގެންނަ "ނިކައްމާ" އަކީ އެކްޝަން ރޮމޭންޓިކް ކޮމެޑީއެކެވެ. އަދި މިއީ 2017 ގެ ތެލެގޫ ފިލްމު "މިޑްލް ކްލާސް އަބާއީ" ގެ ރިމޭކެކެވެ.