މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮންނަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން މޭޔަރު ވަނީ، “މޮނޮޕޮލައިޒް” ކުރެވޭ ގޮތަށް އަސާސީ ޚިދުމަތް ދިނުން އޮތުމަކީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށާއި އިންސާފެއް ވެސް ނޫން ކަމަށް ވިދާޅުވެފަ އެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައިވަނީ، މާލޭގެ ބޮޑު ސަރަހައްދަކުން އިއްޔެ ކަރަންޓު ދިއުމާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސްޓެލްކޯއަށް އަމާޒުވެފައިވެ އެވެ.
ނަމަވެސް ސްޓެލްކޯއިން ބުނީ މާލެއިން ކަރަންޓު ކެނޑުނީ ކަރަންޓު ކޭބަލަކަށް މީގެ ކުރިން ލިބިފައި ހުރި ގެއްލުމަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ މުޅިން ހައްލު ކުރުމަށް ދެ ދުވަސް ނަގާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.
"ހަނގުރާމަ ކުރިއަށް ދަނީ ރޭވި ގޮތަށް ވުރެ ވެސް މާ ފުރިހަމައަށް"
މޫނުގެ ހަން ހިކޭނަމަ މި އުފެއްދުންތައް ބޭނުން ނުކުރާތި!
އެމްޑީޕީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި
