ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު، ވަގަށް އެމްއެންޕީއަށް ވައްދާފައިވާކަން ހާމަވެއްޖެ އެވެ.
މެންބަރު ޒިޔާދު ނިސްބަތްވާ ޕާޓީ ބެލުމަށް އިލެކްޝަންސް ކޮމިޝަންގެ ޕާޓީގެ ރަޖިސްޓްރީ ބަލާ ނަމްބަރަށް މެސެޖު ކުރުމުން އޭނާ ނިސްބަތްވާ ޕާޓީ ކަމަށް ދައްކަނީ އެމްއެންޕީ އެވެ. މިކަން ހާމަވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީން ޝޮޓްތަކާ ގުޅިގެންނެވެ.
ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން އެމީހުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލު ކުރުމާއި އަދި ޕާޓީ އަކަށް ދުވަހަކުވެސް ސޮއި ނުކުރާ މީހުން ޕާޓީތަކަށް ވައްދާފައިވާ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވަމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން ދާދި ފަހުން ޕީޕީއެމްގެ 5 ކައުންސިލަރުން އެކި ޕާޓީތަކަށް ވައްދާފައިވާ މައްސަލައެއްވެސް ވަނީ ކުރިމަތިވެފަ އެވެ. އަދި އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށްވެސް ޕީޕީއެމުންވަނީ ހާމަކޮށްފަ އެވެ.
ޕާޓީތަކުގެ މެމްބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާ މައްސަލައާ ގުޅިގެން އިލެކްޝަނުންވަނީ ޕާތީތަކަށް ވަންނަ މީހުންގެ ލިސްޓު އެކޮމިޝަންގެ ވެބްސައިޓުގައި ހާމަކުރަން ފަށާފަ އެވެ.

މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!
"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"