ބޮލީވުޑްގެ އެކްޓަރު ސައިފް އަލީހާންގެ ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ތައާރަފް ވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ފޮކްސް ސްޓާ ސްޓޫޑިއޯ އާއި ގުޅިގެން ނެރުމަށް ނިންމާފައިވާ ފިލުމަކުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިބްރާހީމް ބޮލީވުޑަށް ނެރޭނީ ފިލްމަކީ މަޝްހޫރު ތެލެގޫ ފިލްމު "ރިދަޔަމް" ގެ ހިންދީ ރިމޭކެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން ކަރަން އަދި ވަކިއެއްޗެއް ހާމަކޮށްފައިނުވެ އެވެ.

އިބްރާހިމް އަލީ ހާން އަކީ ސައިފް އަލީ ހާން އާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ފިރިހެން ދަރިފުޅެވެ.

ސާރާ އަލީހާންގެ ކޮއްކޮ އިބްރާހިމް މިވަގުތު މަސައްކަތްކުރަމުން ދަނީވެސް ކަރަން ޖޯހަރްގެ ދަރްމާގެ އުފެއްދުމެއްގަ އެވެ. އެއީ އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އެވެ. މިފިލްމުގައި އިބްރާހީމް މަސައްކަތް ކުރަމުންދަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

https://www.instagram.com/p/CaSKKRpLMHV/

މީގެ ކުރިންވެސް އިބްރަހިމް ބޮލީވުޑް އަށް ނުކުންނަން އުޅޭ ކަމުގެ ވާހަކަ ވަނީ ރިޕޯޓް ކޮށްފަ އެވެ. އެފަހަރު އިބްރަހިމް ބޮލިވުޑަށް ތައާރަފްވާ ފިލުމަކީ ޒޯޔާ އަޚްތަރު މިހާރު ހަދަމުން އަންނަ "ދި އާޗީސް" ގެ ބަތަލުގެ ރޯލުން ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު އެ ފިލްމުގެ ބަތަލާ އަކީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ އެވެ. އަދި އޭގެ ބަތަލާއިންނަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި ކުރީހެ ބަތަލާ ސްރީދޭވީގެ ހަގު ދަރުފުޅު ހުޝީ ކަޕޫރެވެ.