ޓީވީ ބަތަލާ ތޭޖަސްވި ޕްރަކާޝް ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބިގްބޮސް އަދި ނާގިން 6 އިން ލިބުނު ކާމިޔާބީއަށް ފަހު ތޭޖަސްވި މިހާރު މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަނީ ބޮލީވުޑް ފިލުމެއްގެ މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން ތޭޖަސްވީ ބޮލީވުޑަށް ނިކުންނަ ފިލްމަކީ "ޑްރީމް ގާލް 2" ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިފިލްމުގައި ތޭޖަސްވީއާއެކު އަޔުޝްމާން ކުރާނާވެސް ފެނިގެންދާނެ އެވެ.

"ޑްރީމް ގާލް 2"އަށް ތޭޖާސްވީ އޮޑިޝަން ދީފައިވާ ކަމަށާއި އޭނާ ހޮވޭނެ ކަމުގެ ވަރަށް ބޮޑު ޔަގިންކަމެއް އޮތްކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

https://www.instagram.com/p/Cd-ukpGK75T/?hl=en

ޑްރީމް ގާލް ގެ ފުރަތަމަ ފިލްމަށް ގިނަ ބައެއްގެ މަގްބޫލްކަން ލިބިގެން ދިޔަ އެވެ. އެ ފިލްމުގައި ލީޑް ބަތަލާއެއް ގޮތުގައި އުޅުނީ ނުޒްރަތެވެ.

ތޭޖަސްވީ ޕްރަކާޝް އާންމުގެ ތެރެއަށް މަޝްހޫރުވީ ބިގް ބޮސްގެ އެންމެ ފަހު ސީޒަން އޭނާ ކާމިޔާބު ކުރުމުން ނެވެ. އަދި ބިގް ބޮސްގެ ގޭގައި ތިބި ދުވަސްވަރު ޓީވީ އެކްޓަރު ކަރަން ކުންދްރާ އާއި އޭނާގެ މެދުގައި އުފެދުނު ލޯބީގެ ސަބަބުންނެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނާގިން ސީރީޒްގެ 6 ވަނަ ބައިން ނެވެ.