ފިލްމްސްއިން ގެނެސްދޭ ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ" ދިރާގު ޓީވީގައި ޕްރިމިއާ ކޮށްފި އެވެ.

ދިރާގުން ބުނީ "ބިރުވެރި ވާހަކަ" އަކީ އާދަޔާ ހިލާފު ބިރުވެރި ސީރީޒް އެކެވެ. ސީރީޒް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ދިވެހި އޯޑިއެންސަށް ޝައުގުވެރިވާނެ ސިފަތައް ހިމަނައިގެންނެވެ.

ބިރުވެރި ތަފާތު އެކި ހާދިސާތަކެއް ފެނިގެންދާ މި ޑްރާމާ ލިޔެ ޑައިރެކްޓް ކޮށްފައިވަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. "ބިރުވެރު ވާހަކަ" އިން ރާއްޖޭގެ މަޝްހޫރު ބައެއް ތަރިންނާއި އަރަމުން އަންނަ ފަންނާނުންގެ އިތުރުން އާ މޫނުތަކެއް ވެސް ފެންނާނެ އެވެ.

އައިފިލްމްސްގެ ސީއީއޯ އިލްޔާސް ވަހީދު ބުނީ މި ސީރީޒް އަކީ ގިނަ ބަޔަކު ޝައުގުވެރިވާނެ ސީރީޒްއަކަށް ވާނެ ކަމަށެވެ.

ދިރާގު ޓީވީގެ ޕްރޮޑަކްޓު މެނޭޖަރު ހަސާން ހުސްނީ ބުނީ ކޮވިޑް-19 އަށްފަހު ދިމާވި ގޮންޖެހުންތަކަށްފަހު މިފަދަ ސީޒީޒްއެއް ފެއްޓުމަކީ ލިބިގެންދާ އުފަލެކެވެ. އަދި މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ އުފަލަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ނެޓްވޯކުންދޭ ޓީވީގެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ގިނަ އުފެއްދުންތަކެއް މިހާރުވެސް ދައްކަ އެވެ.

ތަފާތު ފަސް ވާހަކައެއް ކިޔައިދޭ އެ ޝޯގައި އެ ހުރިހާ ވާހަކަތަކެއް އެއް ވާހަކަ އަނެއް ވާހަކައާ ގުޅިފައިވާނެ ކަމަށް ޓްރެއިލާއިން އިޝާރާތް ކުރެ އެވެ.