ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވަރްޔާ ރާއީއަށް އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަންއާ އެކުގައި ފިލްމެއް ނުކުޅެވޭ ސަބަބު ކިޔައިދީފި އެވެ.

ފަހަކަށް އައިސް އެކި ހަފްލާތަކުން އައިޝްވަރްޔާ އާއި އަބީޝޭކް ފެނިފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ދެމީހުން އެކީގައި ފިލްމަކުން ފެނުމަށް އެދޭކަމަށް ބުނެފަ އެވެ.

އިންޑިއާގެ ނޫހަކުން ކުރި އިންޓަވިއުއެއްގައި އަބީޝޭކާ އެކު ފިލްމަކުން ފެނިދާނެތޯ ސުވާލުކުރުމުން އައިޝްވަރްޔާ ވަނީ އެކަން ކުރަން އޭނާވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެކަން އައިޝްވަރްޔާއަށް އެކަން ނުކުރެވޭނެ ސަބަބެއް ކަމުގައި އޭނާ ބުނެފައިވަނީ އާއިލީ ޒިންމާތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން އޭނާގެ ދަރިފުޅު އަރާދިޔާގެ އެކި ކަންކަމުގެ ޒިންމާ ނަގަން ޖެހުމާއި ގުޅިގެން ކެރިއަރަށް އެއްކޮށް ހުސް ނުވެވޭވެ ކަމަށް އައިޝްވަރްޔާ ބުނެފައިވެ އެވެ.

އައިޝްވަރްޔާ އެންމެ އަވަހަށް ފެނިގެންދާނީ ސައުތު އިންޑިއާގެ ފިލްމެއް ކަމަށްވާ "ޕޮނިއްޔިން ސެލްވަން" އިންނެވެ. ހަމައެހެންމެ އަބީޝޭކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު "ދަސްވީ" އިންނެވެ.