ދުނިޔޭގެ ބާޒާރާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ދިރާސާ ކުރުމުން ރާއްޖެ އޮތީ ނާޒުކު ހިސާބެއްގައިކަން އެނގޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދައްކަވާ ވާހަކަތައް ކަމަކުނުދާ ކަމަށެވެ. އަދި އަމީރު ދައްކަވާ ވާހަކައިގައި ބުރަދަނެއް ހުންނަންވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
އިގްތިސާދީގޮތުން މުޅި ދުނިޔެއަށް އަންނަ ލޮޅުމުގެ އަސަރު ރާއްޖެއަށް މާބޮޑަށް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގެ މާލީ އިދާރާތަކުގެ ތެރެއިން ފުންނާބު އުސް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކު ޖޭޕީ މޯގަން އިން ބުނާ ވާހަކައަކަށް ޗެލޭންޖް ނުކުރެވޭނެ ކަމަށް ޗެލޭންޖު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޖޭޕީމޯގަން އިން ދާދިފަހުން ބުނެފައި ވަނީ ރާއްޖެ ހިމެނޭގޮތަށް އަށް ގައުމެއްގެ ފޮރިން ރިޒާވު އަންނަ އަހަރުގެ ނިޔަލަށް ހުސްވެ، ޑީފޯލްޓް ވެދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ ދުރާލައި އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ދަރަނި ދެއްކުމުގެ އެއްވެސް "ރިސްކެއް" ރާއްޖެއަށް ނެތް ކަމަށެވެ.
މީގެއިތުރުން ޔާމީން ވަނި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ވެސް ރައްދު ދެއްވާފަ އެވެ.
ޔާމީން ވިދާޅުވީ ޕޮޑިއަމަށް އަރާ ދައްކާ ކޮންމެ ވާހަކައެއް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދޭނެ މާހިރުން ރާއްޖޭގައި އެބަތިބި ކަމަށް ވިދާޅުވި އެވެ.
ރައްޔިތުން ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވާއިރު، ސަރުކާރުން ހަރަދު ކުޑަކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ.
އެހާ އަމިއްލަ އެދުން ބޮޑުނުކޮއް ސާފު ކުރިމަގު ބުނައްވީނުން. މީ މަގޭވެސް ގައުމުވިއްޔާ