ބޮލީވުޑްގެ މަޝްހޫރު ތަރި ވިކީ ކޯޝަލް އެހެން އަންހެނަކު ހޯދައިފި ކަމަށް އިންޑިއާގެ ފިލްމު ޑައިރެކްޓަރު ފަރާ ޚާން ބުނެފި އެވެ.
ފަރާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމުކުރި ފޮޓޯއެއްގައި ވިކީ ފެންނައިރު، ވިކީއާ އެކުގައި ފަރާ ވެސް ހުންނަ މަންޒަރު ފެނެ އެވެ. އަދި ސަމާސާ ކުރުމުގެ ގޮތުން ފަރާ ވަނީ ވިކީގެ އަނބިމީހާ ކަމަށްވާ ކެޓްރީނާ ކެއިފް އަށް އެ ފޮޓޯ ޓެގުކޮށްފަ އެވެ.
ފަރާ ވަނީ ވިކީ އިތުރު އަންހެނަކު ހޯދާފައިވާ ކަމަށް ބުނެ ކެޓްރީނާގެ ގާތުގައި އެކަމަށް މައާފަށް އެދިފަ އެވެ.
އެ ފޮޓޯ ކެޓްރީނާ ވެސް އޭނާގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، ކެޓްރީނާ ބުނީ ފަރާ ޚާންއަށް ވިކީ ހުއްދަކުރާ ކަމަށެވެ.
ކެޓްރީނާއާއި ވިކީ ކައިވެނިކުރީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ބޭއްވީ މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރު އެވެ.
ވިކީ އާއި ކެޓްރީނާ ވަނީ އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ދެ މީހުންގެ ފޮޓޯތައް އާންމުކުރާއިރު، ބޭރުތެރެއިން ވެސް އެދެ ތަރިންގެ ލޯބި އުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.
އަދަދުގެ އެޑިޓަރު ހަސަންގެ ޝަރީއަތް ޖޫން 8 ގައި
ގިނަ ދިވެހިންނަށް ބަރުދަން ލުއި ކުރަން އުނދަގޫވަނީ ކީއްވެ؟
ބުރަކަށީގެ ތަދުތަކާއި ކަށި ފީވުން: ދުންފަތުގެ އިތުރު ނުރައްކަލެއް
