ރަންބީރު ކަޕޫރަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ މަޝްހޫރު ތަރިއެކެވެ.

މީގެ ދުވަސްތަކެއް ކުރިން ރަންބީރާއި އޭނާގެ ލޯބިވެރިޔާ އާލިޔާ ބާޓް ކުލަގަދަކޮށް އެމީހުންގެ ކައިވެނި ފާހަގަކޮށްފައިވާއިރު، އެ ދެމީހުން ވެސް މިހާރު ދަނީ މަސައްކަތާއިގެން ކުރިއަށެވެ.

ކައިވެންޏާށް ފަހު އެ ދެމީހުންގެ ހަޔާތާ ގުޅިގެން ސުވާލުކުރުމުން ރަންބީރު ވަނީ އާންމުން ދުވަހަކު ވެސް ހީނުކުރާނެ ފަދަ ޖަވާބެއް ދީފަ އެވެ. އެގޮތުން އާލިޔާ އަކީ އޭނާގެ އަލަތު އަނބިމީހާއެއް ނޫން ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.

ރަންބީރުގެ މި ޖަވާބު އިތުރަށް ކިޔައިދެމުން އޭނާ ބުނީ، މީގެ ދުވަސްތަކެއް ކުރިން އަންހެނަކު އޭނާގެ ގެއަށް އައިސް ގޭޓުގައި މާފަތި އަޅުވައި ބޮލުގައި "ސިންދޫރަ" (ހިންދޫ ސަގާފަތުގައި ކައިވެނި ވެވޭ އަންހެނާގެ ބޮލުގައިލާ ރަތް ކުލަ) ލީ ކަމަށެވެ. އަދި އޭނާ ރަންބީރާ ކައިވެނި ކުރީކަމަށް ބުނެފައިވާ ކަމަށް ރަންބީރު ބުންޏެވެ.

ސަމާސާ ރާގަކަށް ޖަވާބުދެމުން ރަންބީރު ބުނީ އޭނާގެ އަލަތު އަނބިމިހާއާ ބައްދަލުކުރުން އަދި އޮތީކަމަށެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އަދި އެ ދެ ފަންނާނުންގެ ކައިވެންނި ބާއްވާފައިވަނީ މަދު ބަޔަކަށް ދައުވަތުދީގެންނެވެ.

ދެ ތަރިންގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރަމާސްތުރާއިން އެކުގަ އެވެ.