މި ހަފްތާގައި މި ގެނެސްދެނީ ހުކުރު ދުވަހު މެންދުރުގެ ސުފުރާއަށް ކަމުދާނެ ކެއުމެކެވެ.

ބޭނުންވާނެ ތަކެތި

  • 4 ޖޯޑްު ބާސްމަތީ ބަތް (ކައްކާފައި)
  • 2 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)
  • 2 ޖޯޑު ބޯންލެސް ޗިކެން (ކުދިކޮށް ކޮށާފައި)
  • 2 ލޮނުމެދު (ޗިސްކޮށްފައި)
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ގިތެޔޮ މިރުސް (ކޮށާފައި)
  • 2 ކެރެޓު (ހިމަކޮށް ކޮށާފައި)
  • 1/2 ޖޯޑު ކެބެޖު (ހިމަކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ ތެޔޮ
  • 1/4 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް
  • 1/4 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
  • 3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 1/2 ޖޯޑު ކެބެޖް (ތުނިކޮށް ކޮށާފައި)
  • 1/2 މޭޒުމަތީ ސަމުސާ އަޖިނަމޮޓޯ
  • 4 ހިކަނދިފަތް
  • 1/4 ޖޯޑު ހިކި މޭބިސްކަދުރު
  • 1/4 ޖޯޑު ކެޝޫނަޓް
  • 1 މޭޒުމަތީ ސަމުސާ ރީނދޫ
  • 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ތައްޔާރު ކުރާނެ ގޮތް

  1. ތަވާއަށް ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅުކޮޅު ރަނގަޅަށް ރޯފިލުވާލާށެވެ.
  2. ސޯޔާާ ސޯސް، އޮލިވް އޮއިލް، އިނގުރު އަދި އަސޭމިރުސް އެއްކުރުމަށް ފަހު ބަހައްޓާށެވެ.
  3. އެއަށްފަހު ތަވާއަށް ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތެޔޮ ފޮދު ހޫނު ވުމުން ފިޔާ، މިރުސް، ކެބެޖް، ކެރެޓް އެއްކޮށް އަޅާލާފައި މަޑު ގިނީގައި ދޭފަތުން ހަލަމުން ދާށެވެ.
  4. އެބައި ކުޑަކޮށް ހަނާވުމުން ބަތް ފިޔަވައި ބާކީ ތަކެތި އެޅުމަށްފަހު ކުޑަކޮށް މޯޅިކޮށްލާށެވެ.
  5. އެއަށްފަހު ބަތާއި، ކުރިން ރޯފިލުވި ކުކުޅާއި އަލަނާސި އެޅުމަށްފަހު ރަނގަޅަށް އެއްކުރަމުން ގެންދާށެވެ.
  6. އަދި މީގެ ތެރެއަށް ކުރިން ތައްޔާރު ކުރި ސޯޔާ ސޯސް ޕޭސްޓު އަޅައިގެން ތިން މިނެޓު ވަންދެން ކައްކާލާށެވެ.