ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރު، ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާއި މިނާގައި ބައްދަލު ކުރައްވައި އެފަރާތްތަކުގެ ހާލުއަހުވާލު އޮޅުން ފިލުއްވައިފި އެވެ.
މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ހައްޖުވެރިންގެ ހާލު ބައްލަވައިލެއްވުމަށް ރައީސް ސޯލިހު ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ވަޑައިގެންނެވި އެވެ.
މިއަހަރު ރާއްޖެއިން 453 މީހަކު ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފަ އެވެ. ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ މިމަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ.
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި
ރަތް ކަނޑުގެ މަގު ބަންދުކުރަން އީރާނުން ހޫތީންނަށް އަންގައިފި
އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދެނީ