އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެންފުށީގައި ކުޑަކުއްޖަކު ގެއްލިގެން އުޅޭ ކަމަށް މިއަދުގެ 15:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދިޔައީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވަ އެވެ.
ފެންފުށީ ސިއްހީ މަރުކަޒާ ހަވާލާދީ އޮފިޝަލް ވިދާޅުވީ އެ މަރުކަޒަށް ގެންދިޔައިރުވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
އޭސީއާ ނުލާ ގޭތެރޭގެ ފިނި ހޫނުމިން ދަށް ކުރެވިދާނެ ދެތިން ގޮތެއް!
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިކަން ޓްރަމްޕް އަންގަވައިފި
ހޫތީން ސައުދީ އަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދީފި
