ތެލް އަވީވް (07 އޮގަސްޓް) ޣައްޒާގައި ހަރަކާތްތެރި ވަމުން އަންނަ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުނަ އިއްޔެ އިޒްރޭލަށް އަމާޒުކޮށް ފޮނުވި ރޮކެޓް ހަމަލާތަކުގެ އަގު އެ ޖަމާއަތުން ދައްކަން ޖެހޭނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގެންޓްޒް ވިދާޅުވެއްޖެ އެވެ.
ބެނީ މިހެން ވިދާޅުވެފައިވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ ޣައްޒާއަށް އިޒްރޭލުން ހަމަލާ ދެމުން ދާކަން ޔަގީން ކޮށްދީފަ އެވެ.
"ޓެރަރިސްޓުންނާ ދެކޮޅަށް އަހަރެމެންގެ (އިޒްރޭލުގެ) އޮޕަރޭޝަންތައް އެއްވެސް މިނެއް، ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ،" ބެނީ ވިދާޅުވި އެވެ.
ޣައްޒާގެ ހަމަލާ ބަދަލު ކުރުންތައް ތިންވަނަ ދުވަހަކަށް ކުރިމަތިލާފައިވާއިރު ފާއިތުވެ ދިޔަ ދެ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 15 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިސްލާމިކް ޖިހާދުން އިޒްރޭލަށް އަމާޒުކޮށް ހަމަލާތައް ފޮނުވަން ފެށީ އިޒުރޭލުން ފޮނުވާލި ހަމަލާއެއްގައި އެ ޖަމާއަތުގެ އިސް އެއް ލީޑަރު ޝަހީދު ވުމުންނެވެ.
ހަމަލާ ބަދަލު ކުރުންތައް ވަރުގަދަވެ ޣައްޒާގައި އަނެއްކާ ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. -- އަލް އަރަބިއްޔާ
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
ހަނދާނާއި މާޒީގެ ތެރެއިން އިންސާނާގެ ބުއްދި އޮޅުވާލާ އޮޅުވާލުން!
ހޮރްމޫޒް ކަނޑުއޮޅި އަނެއްކާ ވެސް އީރާނުން ބަންދުކޮށްފި