ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކިން ސިސްޓަމަށް ޖެހުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހަށް ކުރިއަށްދާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް މިއަދު ވިދާޅުވީ، ސިސްޓަމަށް ދިމާވި ބޮޑު މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ސިސްޓަމުގައި ހުރި ކުދިކުދި މައްސަލަތައް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ފްލައިޓްތައް ޑިލޭވެއެވެ. ގިނަ ވަގުތު އެއާޕޯޓްގައި ފަތުރުވެރިން މަޑުކުރަން ވެސް ޖެހެ އެވެ.
ޗެކިން ސިސްޓަމްތަކަށް މައްސަލަ ދިމާވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެއީ ސޮފްޓްވެއާގެ މައްސަލައެކެވެ.
އެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބު އަދިވެސް ނޭނގޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭއައި އާއި ސޯޝަލް މީޑިއާއިން ސިއްހީ ލަފާ ހޯދުމަކީ ގޯހެއް!
"ލޮކް އަޕް"ގެ ތަޖުރިބާއިން ސުނީތާއަށް ލިބުނު ފިލާވަޅު ބުނެދީފި
އިނގިރޭސި ވިލާތުގައި އެންމެ މަގުބޫލު ފިރިހެން ނަމަކީ މުހައްމަދު!
